ދިވެހިރާއްޖެ
ވެށިފަހި ޕްރޮގުރާމުގެ ދަށުން އެގްރީމަންޓު ކުރުމަށް ދެވުނު މުއްދަތުގައި އެގްރީމަންޓުގައި ސޮއިކުރުމަށް ހާޒިރުވެފައި ނުވާ ފަރާތްތަކަށް ފުރުޞަތު ދިނުމާބެހޭ
މިނިސްޓްރީގެ ނަންބަރު: IUL)138-AS1/INDIV/2015/01)ފ(31 ޑިސެންބަރު 2013) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. ވެށިފަހި މާލެ ޕްރޮގުރާމުގެ ދަށުން ހުޅުމާލެއިން ފުލެޓަށް ހޮވިފައިވާ ފަރާތްތަކާއެކު އެގްރީމަންޓުގައި ސޮއިކުރުމަށް ދެވުނު މުއްދަތުގައި އެކިއެކި ސަބަބުތައް މެދުވެރިވެގެން އެގްރީމަންޓުގައި ސޮއިކުރުމަށް ހާޒިރުނުވެވި ހުރި ފަރާތްތަކުން "23 އެޕްރީލް 2015" ގެ ކުރިން އެގްރީމަންޓުގައި ސޮއިކުރުމުގެ ފުރުޞަތަށް އެދި މި މިނިސްޓްރީއަށް ސިޓީ ހުށަހަޅަން ދަންނަވަމެވެ. އަދި މިތާރީޚަށް އެގްރީމަންޓުގައި ސޮއިކުރުމުގެ ކަންކަން ނުނިންމާ ފަރާތްތައް ހުޅުމާލެއިން ފުލެޓަށް ހޮވިފައިވާ ހޮވުން ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
13 ޖުމާދަލްއާޚިރާ 1436