ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-DS1/138/2015/16
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 16:38
ސުންގަޑި: 23 އޭޕްރިލް 2015 00:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވެށިފަހި ޕްރޮގުރާމުގެ ދަށުން އެގްރީމަންޓު ކުރުމަށް ދެވުނު މުއްދަތުގައި އެގްރީމަންޓުގައި ސޮއިކުރުމަށް ހާޒިރުވެފައި ނުވާ ފަރާތްރަކަށް ފުރުޞަތު ދިނުމަށް

ވެށިފަހި ޕްރޮގުރާމުގެ ދަށުން އެގްރީމަންޓު ކުރުމަށް ދެވުނު މުއްދަތުގައި އެގްރީމަންޓުގައި ސޮއިކުރުމަށް ހާޒިރުވެފައި ނުވާ ފަރާތްތަކަށް ފުރުޞަތު ދިނުމާބެހޭ

މިނިސްޓްރީގެ ނަންބަރު: IUL)138-AS1/INDIV/2015/01)ފ(31 ޑިސެންބަރު 2013) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. ވެށިފަހި މާލެ ޕްރޮގުރާމުގެ ދަށުން ހުޅުމާލެއިން ފުލެޓަށް ހޮވިފައިވާ ފަރާތްތަކާއެކު އެގްރީމަންޓުގައި ސޮއިކުރުމަށް ދެވުނު މުއްދަތުގައި އެކިއެކި ސަބަބުތައް މެދުވެރިވެގެން އެގްރީމަންޓުގައި ސޮއިކުރުމަށް ހާޒިރުނުވެވި ހުރި ފަރާތްތަކުން "23 އެޕްރީލް 2015" ގެ ކުރިން އެގްރީމަންޓުގައި ސޮއިކުރުމުގެ ފުރުޞަތަށް އެދި މި މިނިސްޓްރީއަށް ސިޓީ ހުށަހަޅަން ދަންނަވަމެވެ. އަދި މިތާރީޚަށް އެގްރީމަންޓުގައި ސޮއިކުރުމުގެ ކަންކަން ނުނިންމާ ފަރާތްތައް ހުޅުމާލެއިން ފުލެޓަށް ހޮވިފައިވާ ހޮވުން ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

13 ޖުމާދަލްއާޚިރާ 1436

05 އޭޕްރިލް 2015