ދިވެހިރާއްޖެ
3 މިޓްސުބިޝީ އެލެވޭޓަރުގެ މެއިންޓެނަންސް މަސައްކަތް
މި ކުންފުނީގެ ނަންބަރު MPL-PRC/TND/2015/003 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. ވީމާ، ތިރީގައި މިދަންނަވާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިކުންފުނީގެ ހެޑްއޮފީސް އިމާރާތާއި ޕޯޓް ކޮމްޕްލެކްސް އިމާރާތުގައި ހަރުކޮށްފައިވާ 3 އެލެވޭޓަރ މަރާމާތުކޮށް ބަލަހައްޓައިދިނުން
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
އަންދާސީހިސާބު ހުށަހެޅުއްވުން |
09 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 |
15 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 11:00 |
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.
13 ޖުމާދަލްއާޚިރާ 1436