މަސައްކަތް
ނަންބަރު: 113-PRC/I-2015/25
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 09 އޭޕްރިލް 2015 11:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
3 މިޓްސުބިޝީ އެލެވޭޓަރުގެ މެއިންޓެނަންސް މަސައްކަތް

3 މިޓްސުބިޝީ އެލެވޭޓަރުގެ މެއިންޓެނަންސް މަސައްކަތް

މި ކުންފުނީގެ ނަންބަރު MPL-PRC/TND/2015/003 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. ވީމާ، ތިރީގައި މިދަންނަވާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކުންފުނީގެ ހެޑްއޮފީސް އިމާރާތާއި ޕޯޓް ކޮމްޕްލެކްސް އިމާރާތުގައި ހަރުކޮށްފައިވާ 3 އެލެވޭޓަރ މަރާމާތުކޮށް ބަލަހައްޓައިދިނުން

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

09 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 11:00

15 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 11:00

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

13 ޖުމާދަލްއާޚިރާ 1436

06 އޭޕްރިލް 2015