މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ.
މި އިދާރާގެ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
- މަޤާމް: މަސައްކަތު ( ވޭސްޓްމެނެޖްމަންޓް )
- ބޭނުންވާ ޢަދަދު: 02 (ދޭއް) ވަގުތީ
- މަސައްކަތްކުރަންޖެހޭ މުއްދަތު: 03 މަސްދުވަސް
- މުސާރަ: މަހަކު -/3100ރ (ތިންހާސް އެއްސަތޭކަ ރުފިޔާ)
- އެލަވަންސް: މަހަކު -/2900ރ (ދެހާސް ނުވަސަތޭކަ ރުފިޔާ)
- ރިސްކް އެލަވަންސް: މަހަކު -/500ރ (ފައްސަތޭކަ ރުފިޔާ)
- މިނިމަމް ވޭޖް: މަހަކު -/1217ރ (ބާރަސަތޭކަ ސަތާރަ ރުފިޔާ)
- ފެންވަރު ނުވަތަ ޝަރުޠު: އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހަކު ކަމުގައިވުމާއި، ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުމާއި، އަދި ގިނަވަގުތު ހީވާގިކަމާއެކު މަސައްކަތުގައި އުޅެވޭފަދަ މީހަކު ކަމުގައި ވުމާއި، ވަޒީފާއަށް ޤާބިލް ފަރާތެއްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.
- ކުރަންޖެހޭ މައިގަނޑު މަސައްކަތް: ކުނިމެނޭޖްކުރުމުގެ މަސައްކަތާއި ކުނިކޮށީގައި ކުރަންޖެހޭ މަސައްކަތް.
މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި އެލެވަންސްގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ފެބްރުވަރީ 07 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަލިފުށި ކައުންސިލްގެ އިދާރާއަށް ސިޓީފޮނުއްވުން އެދެމެވެ. ސިޓީއާއެކު އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
17 ރަޖަބް 1445
28 ޖަނަވަރީ 2024
ހޯދާ