ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)298/298/2024/11
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 07 ފެބުރުވަރީ 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ.

މި އިދާރާގެ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

  • މަޤާމް:                         މަސައްކަތު ( ވޭސްޓްމެނެޖްމަންޓް )
  • ބޭނުންވާ ޢަދަދު:                           02 (ދޭއް) ވަގުތީ
  • މަސައްކަތްކުރަންޖެހޭ މުއްދަތު:   03 މަސްދުވަސް
  • މުސާރަ:                 މަހަކު -/3100ރ (ތިންހާސް އެއްސަތޭކަ ރުފިޔާ)
  • އެލަވަންސް:               މަހަކު -/2900ރ (ދެހާސް ނުވަސަތޭކަ ރުފިޔާ)
  • ރިސްކް އެލަވަންސް:          މަހަކު -/500ރ (ފައްސަތޭކަ ރުފިޔާ)
  • މިނިމަމް ވޭޖް:              މަހަކު -/1217ރ (ބާރަސަތޭކަ ސަތާރަ ރުފިޔާ)
  • ފެންވަރު ނުވަތަ ޝަރުޠު:       އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހަކު ކަމުގައިވުމާއި، ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުމާއި، އަދި ގިނަވަގުތު ހީވާގިކަމާއެކު މަސައްކަތުގައި އުޅެވޭފަދަ މީހަކު ކަމުގައި ވުމާއި، ވަޒީފާއަށް ޤާބިލް ފަރާތެއްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.
  • ކުރަންޖެހޭ މައިގަނޑު މަސައްކަތް: ކުނިމެނޭޖްކުރުމުގެ މަސައްކަތާއި ކުނިކޮށީގައި ކުރަންޖެހޭ މަސައްކަތް.

            މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި އެލެވަންސްގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ފެބްރުވަރީ 07 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަލިފުށި ކައުންސިލްގެ އިދާރާއަށް ސިޓީފޮނުއްވުން އެދެމެވެ. ސިޓީއާއެކު އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. 

      17  ރަޖަބް  1445

28 ޖަނަވަރީ 2024