ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

1445 ވަނަ އަހަރުގެ ރަމަޟާންމަހު ގދ. ނަޑެއްލާ މަސްޖިދުލްޙަޟާރާ މިސްކިތުގައި ޙިފުޠުކޮށް ތަރާވީޚް  ނަމާދު ކޮށްދޭނެ ފަރާތެއް ރާއްޖެއިން ބޭރުން ގެނެސްދިނުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.

މި މަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް: http://tinyurl.com/hfzmsq11 ލިންކުން ނުވަތަ މި އިޢުލާނުގައިވާ ކިޔު.އާރު.ކޯޑު ސްކޭންކޮށްގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މި އިޢުލާނާއި ގުޅިގެން ކޯޓޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 01 ފެބްރުއަރީ 2024 ވާ  ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މި އިދާރާއަށް ހާޟިރުވެ ނުވަތަ އޮންލައިންކޮށް ކޯޓޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން: https://forms.gle/h6CHTMpRvR9PRwYA7 ލިންކުގައިވާ ގޫގަލް ފޯރމް މެދުވެރިކޮށް ކޯޓޭޝަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި މަސައްކަތާއި ގުޅިގެން 01 ފެބްރުއަރީ 2024 ވާ  ބުރާސްފަތި ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅާ އެއްވެސް ކޯޓޭޝަނެއް ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް މި ފުރުޞަތުގައި ދެންނެވީމެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.

26 ޖަނަވަރީ 2024
ހޯދާ