ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާންމަހު ގދ. ނަޑެއްލާ މަސްޖިދުލްޙަޟާރާ މިސްކިތުގައި ޙިފުޠުކޮށް ތަރާވީޚް ނަމާދު ކޮށްދޭނެ ފަރާތެއް ރާއްޖެއިން ބޭރުން ގެނެސްދިނުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.
މި މަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް: http://tinyurl.com/hfzmsq11 ލިންކުން ނުވަތަ މި އިޢުލާނުގައިވާ ކިޔު.އާރު.ކޯޑު ސްކޭންކޮށްގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މި އިޢުލާނާއި ގުޅިގެން ކޯޓޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މި އިދާރާއަށް ހާޟިރުވެ ނުވަތަ އޮންލައިންކޮށް ކޯޓޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން: https://forms.gle/h6CHTMpRvR9PRwYA7 ލިންކުގައިވާ ގޫގަލް ފޯރމް މެދުވެރިކޮށް ކޯޓޭޝަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި މަސައްކަތާއި ގުޅިގެން 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅާ އެއްވެސް ކޯޓޭޝަނެއް ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް މި ފުރުޞަތުގައި ދެންނެވީމެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.