މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކިއެކި އޮފީސްތަކުން މ. އަތޮޅު ކައުންސިލްގެ އިދާރާއަށް ބޭނުންވާ ތަކެތި ޑެލިވަރީކޮށްދޭނެ ފަރާތެއް ހޯދުން.

            މިއިދާރާގެ ނަންބަރު (IUL)236-ADS/236/2024/1 (16 ޖަނަވަރީ 2024)އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް މިއިދާރާއަށް ވަޑައިގެންފައިނުވާތީ އެކިއެކި އޮފީސްތަކުންނާއި ތަންތަނުން މިކައުންސިލް އިދާރާއަށް ގެންނަންޖެހޭ ތަކެތި ނަގާ މިކައުންސިލަށް ޑެލިވަރީ ކޮށްދޭނޭފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.

            ވީމާ މި މަސައްކަތް ކޮށްދިނުމަށް އެދިލައްވާފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިއިދާރާއަށް ވަޑައިގެންނެވެން ނެތްފަރާތް ތަކުން މިކައުންސިލުގެ ނަމްބަރު 6724704 ފޯނަށް ގުޅުއްވާ ނުވަތަ[email protected]  އީ- މެއިލްގެ ޒަރިއްޔާ އިންވެސް މި ދެންނެވި ތާރީޚް ގައި މަޢުލޫމާތު ސާފުކުރެވިދާނެއެވެ.

 

ގަޑި

ދުވަސް

ތާރީޚް

ތަން

ތަފްޞީލް

11:00

އަންގާރަ

30 ޖަނުއަރީ   2024

މި އިދާރާގެ ޖަލްސާކުރާ މާލަމް

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

11:00

ބުދަ

07  ފެބުރުއަރީ  2024

މި އިދާރާގެ ޖަލްސާކުރާ މާލަމް

އަންދާސީ ހިސާބު ހުށަހެޅުން

 

                  މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެންފަރާތެއް ފޮނުއްވާނަމަ އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަން ވާނެއެވެ.

22 ޖަނަވަރީ 2024
ހޯދާ