ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު (IUL)236-ADS/236/2024/1 (16 ޖަނަވަރީ 2024)އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް މިއިދާރާއަށް ވަޑައިގެންފައިނުވާތީ އެކިއެކި އޮފީސްތަކުންނާއި ތަންތަނުން މިކައުންސިލް އިދާރާއަށް ގެންނަންޖެހޭ ތަކެތި ނަގާ މިކައުންސިލަށް ޑެލިވަރީ ކޮށްދޭނޭފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.
ވީމާ މި މަސައްކަތް ކޮށްދިނުމަށް އެދިލައްވާފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިއިދާރާއަށް ވަޑައިގެންނެވެން ނެތްފަރާތް ތަކުން މިކައުންސިލުގެ ނަމްބަރު 6724704 ފޯނަށް ގުޅުއްވާ ނުވަތަ[email protected] އީ- މެއިލްގެ ޒަރިއްޔާ އިންވެސް މި ދެންނެވި ތާރީޚް ގައި މަޢުލޫމާތު ސާފުކުރެވިދާނެއެވެ.
ގަޑި |
ދުވަސް |
ތާރީޚް |
ތަން |
ތަފްޞީލް |
11:00 |
އަންގާރަ |
30 ޖަނުއަރީ 2024 |
މި އިދާރާގެ ޖަލްސާކުރާ މާލަމް |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
11:00 |
ބުދަ |
07 ފެބުރުއަރީ 2024 |
މި އިދާރާގެ ޖަލްސާކުރާ މާލަމް |
އަންދާސީ ހިސާބު ހުށަހެޅުން |
މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެންފަރާތެއް ފޮނުއްވާނަމަ އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަން ވާނެއެވެ.