ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިމެނޭޖްކޮށް ކުނިކޮށި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

އިޢުލާން

ކުނިމެނޭޖްކޮށް ކުނިކޮށި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.(ދެވަނަ އިޢުލާން)  

ލ. ކުނަހަންދޫ ކައުންސިލުން ކުނިނެގުމަށް ހަމަޖައްސައިވާފައިވާ ތަންތަނުން ކުނިނަގައިގެން ކުނިކޮއްޓަށް ގެންގޮސް ކުނިމެނޭޖްކޮށް ކުނިކޮށި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން ކުރެވުނު މިކައުންސިލްގެ ނަންބަރ (IUL)405-A/2024/01 (10 ޖަނަވަރީ 2024) އިއުލާނާއި ގުޅިގެން، އެމަސައްކަތަށް ޝައުގުވެރިވެ ބީލަމުގައި ރަޖިސްޓްރީވި ފަރާތްތައް މަދުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް އަލުން ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 ވީމާ، މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބީލަންހުށަހެޅުމުގެ ފުރުޞަރު ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެލައްވާން އެދޭ ފަރާތްތަކުން، 2024 ޖެނުވަރީ 29 ވަނަ ދުވަހުގެ  13:00ގެ  ކުރިން ބިޑް "ރަޖިސްޓްރޭޝަންފޯމް" ފުރިހަމަކުރައްވާ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލަށް ވަޑައިގެން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ހުށަހެޅުމަށް ދަންނަވަމެވެ.  މި ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަށް ފޯމާއެކު -/200 ( ދުއިސައްތަ ރުފިޔާ) ގެ ފީއެއް ދައްކަންވާއެވެ. މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.  

މިމަސައްކަތާއި ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 2024 ޖެނުވަރީ 29 ވަނަ ދުވަހުގެ  14:00ގެ  ކުރިން [email protected]  އަށް ލިޔުމަކުން ފޮނުވުމަށް ދަންނަވަމެވެ. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 ޖެނުވަރީ 30 ވަނަ ދުވަހުގެ  13:00ގައި  މިކައުންސިލްގެ އިދާރާގައެވެ. މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާންކުރީމެވެ.

 10 ރަޖަބް 1445    

21  ޖަނަވަރީ  2024

21 ޖަނަވަރީ 2024
ހޯދާ