ދިވެހިރާއްޖެ
އިޢުލާން
ކުނިމެނޭޖްކޮށް ކުނިކޮށި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.(ދެވަނަ އިޢުލާން)
ލ. ކުނަހަންދޫ ކައުންސިލުން ކުނިނެގުމަށް ހަމަޖައްސައިވާފައިވާ ތަންތަނުން ކުނިނަގައިގެން ކުނިކޮއްޓަށް ގެންގޮސް ކުނިމެނޭޖްކޮށް ކުނިކޮށި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން ކުރެވުނު މިކައުންސިލްގެ ނަންބަރ (IUL)405-A/2024/01 (10 ޖަނަވަރީ 2024) އިއުލާނާއި ގުޅިގެން، އެމަސައްކަތަށް ޝައުގުވެރިވެ ބީލަމުގައި ރަޖިސްޓްރީވި ފަރާތްތައް މަދުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް އަލުން ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބީލަންހުށަހެޅުމުގެ ފުރުޞަރު ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވެލައްވާން އެދޭ ފަރާތްތަކުން، 2024 ޖެނުވަރީ 29 ވަނަ ދުވަހުގެ 13:00ގެ ކުރިން ބިޑް "ރަޖިސްޓްރޭޝަންފޯމް" ފުރިހަމަކުރައްވާ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލަށް ވަޑައިގެން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ހުށަހެޅުމަށް ދަންނަވަމެވެ. މި ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަށް ފޯމާއެކު -/200 ( ދުއިސައްތަ ރުފިޔާ) ގެ ފީއެއް ދައްކަންވާއެވެ. މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 2024 ޖެނުވަރީ 29 ވަނަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް ލިޔުމަކުން ފޮނުވުމަށް ދަންނަވަމެވެ. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 ޖެނުވަރީ 30 ވަނަ ދުވަހުގެ 13:00ގައި މިކައުންސިލްގެ އިދާރާގައެވެ. މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާންކުރީމެވެ.
10 ރަޖަބް 1445
21 ޖަނަވަރީ 2024