މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބ. ދޮންފަނުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައ ދައްކަންޖެހޭ އަގު ކަނޑައެޅުމާއިގުޅޭ
ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ) ގެ 41 ވަނަ މާއްދާއިން ބާރުލިބިގެން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލައްވައި ގެޒެޓް ކުރައްވާފައިވާ، ނަންބަރު: R-181/2022 ( ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު) ގެ 5 ވަނަ މާއްދާ އަދި 9 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެމަތިން ބ. ދޮންފަނުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައި، އެގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އަގު ބ. ދޮންފަނު ކައުންސިލްގެ 4 ވަނަ ދައުރުގެ 124 ވަނަ އާއްމު ބައްދަލުވުމުންވަނީ ނިންމާފައެވެ.
އަގު ދެއްކުމަށް ކައުންސިލުން ނިންމާފައިވާ ގޮތް ތިރީގައި އެވަނީއެވެ.
- އެއްފަހަރާ ފައިސާ ދައްކާނަމަ ޚަލާސްކުރާނަމަ އަކަފޫޓަކަށް 50.00 ރ (ފަންސާސް ރުފިޔާ)
- ފައިސާ ދައްކާ މުއްދަތު 6 ( ހަމަސް) ދުވަހަށް ބަހާލައިގެން ދައްކާނަމަ އަކަފޫޓަކަށް 60.00 ރ (ފަސްދޮޅަސް ރުފިޔާ)
17 ޖަނަވަރީ 2024
ހޯދާ