ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)317-PP/317/2024/8
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:39
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ދޮންފަނުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައ ދައްކަންޖެހޭ އަގު ކަނޑައެޅުމާއިގުޅޭ

ޤާނޫނު ނަންބަރު  2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ) ގެ 41 ވަނަ މާއްދާއިން ބާރުލިބިގެން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލައްވައި ގެޒެޓް ކުރައްވާފައިވާ، ނަންބަރު: R-181/2022  ( ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު) ގެ 5 ވަނަ މާއްދާ އަދި 9 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެމަތިން ބ. ދޮންފަނުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައި، އެގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އަގު ބ. ދޮންފަނު ކައުންސިލްގެ 4 ވަނަ ދައުރުގެ 124 ވަނަ އާއްމު ބައްދަލުވުމުންވަނީ ނިންމާފައެވެ.  

އަގު ދެއްކުމަށް ކައުންސިލުން ނިންމާފައިވާ ގޮތް ތިރީގައި އެވަނީއެވެ.

  1. އެއްފަހަރާ ފައިސާ ދައްކާނަމަ ޚަލާސްކުރާނަމަ އަކަފޫޓަކަށް 50.00 ރ (ފަންސާސް ރުފިޔާ)
  2. ފައިސާ ދައްކާ މުއްދަތު 6 ( ހަމަސް) ދުވަހަށް ބަހާލައިގެން ދައްކާނަމަ އަކަފޫޓަކަށް 60.00 ރ (ފަސްދޮޅަސް ރުފިޔާ)
17 ޖަނަވަރީ 2024