ދިވެހިރާއްޖެ
ނ.ފޮއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-D13C-CIV-11 ޤަޟިއްޔާ އާގުޅިގެން 21 ޑިސެމްބަރު 2023 ގައި ނ.ފޮއްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ ވަގުތީ އަމުރާ ގުޅިގެން، މިއިދާރާގެ ނަންބަރ: (IUL) 296/296/2023/49 އިޢުލާނުގައިވާ ބީލަމާއި ގުޅޭ އެންމެހޭކަންކަން ހުއްޓާލާފައިވާކަން މިއިދާރާގެ ނަންބަރ: (IUL)296/296/2023/51 އިޢުލާނުން ވާނީ އަންގާފައެވެ. ނަމަވެސް 9 ޖަނަވަރީ 2024 ގައި ނ. ފޮއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2023-D14C-CIV-13 ޤާޟިއްޔާގައި ކޮށްފައިވާ ޙުކުމުން އެކޯޓުން ނެރުއްވާފައިވާ ވަގުތީ އަމުރު ނިމުމަކަށް އައިސްފައިވާކަން ކަނޑައަޅުއްވާފައިވާތީ، ބީލަން ރަޖިސްޓަރީ ކުރުމުގެ ކަންކަން ހުއްޓާލެވުނު 21 ޑިސެމްބަރު 2023 ވަނަ ދުވަހުން ފެށިގެން ބީލަން ހުށަހެޅުމުގެ ސުންގަޑި ކަމުގައިވާ 25 ޑިސެމްބަރު 2023 އާއި ދެމެދު ފާއިތުވި ދުވަސްތައް ހިމެނޭގޮތަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް އަދި މިބަދަލާ ގުޅިގެން އަންނަނިވި ގޮތަށް ބިޑް ޑޮކިއުމެންޓް ގައި ވާ ތާރީޚް ތަކަށް ބަދަލު ގެނެސް ބީލަން ހުށަހެޅުމަށް އަލުން އިޢުލާނު ކުރަމެވެ.
ބީލަން ހުށައެޅުމުގެ ދަޢުވަތު:
ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް ނ. ފޮއްދޫ ލޯކަލް ޓޫރިޒަމް ޒޯން އިން 2 ބިން (A) 16,000 ( ސޯޅަހާސް އަކަފޫޓް ) އަދި (C) 10,000 ( ދިހަހާސް އަކަފޫޓް ) ގެ ބިން 50 ( ފަންސާސް ) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބިމުގެ މައުލޫމާތު:
ބިމުގެ ނަންބަރ |
ސަރަހައްދުގެ ބޮޑުމިން ( އަކަފޫޓު ) |
ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަގު ( ދިވެހި ރުފިޔާ ) |
ބިމު ކުލީގެ ގޮތުގައި ހުށައެޅޭނެ އެންމެ ދަށް އަދަދު މަހަކަށް |
ބިމު ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަދަދު އަހަރަކަށް ( ދިވެހި ރުފިޔާ ) |
A |
16،000 |
ކުއްޔަށް ނަގާ ފަރާތުން ބިން " A" ބިމުކުލީގެ ގޮތުގައި މަހަކަށް ދެއްކުމަށް ހުށަހަޅާ އަދަދު x 12 |
7401.60 |
88،819.20 |
C |
10،000 |
ކުއްޔަށް ނަގާ ފަރާތުން ބިން "C " ގެ ބިމުކުލީގެ ގޮތަގައި މަހަކަށް ދެއްކުމަށް ހުށަހަޅާ އަދަދު x 12 |
4626 |
55،512.00 |
ބީލަމަށް ރަޖިސްޓްރީކުރުން |
|
ބީލަން ހުށައެޅުން |
|
ވީމާ މިކަން ޢައްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
3 ރަޖަބް 1445
14 ޖަނަވަރީ 2024