ބީލަން
ނަންބަރު: (IUL)296/296/2024/2ނަންބަރ:
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 16:20
ސުންގަޑި: 21 ޖަނަވަރީ 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް ނ. ފޮއްދޫ ލޯކަލް ޓޫރިޒަމް ޒޯން އިން 2 ބިން ކުއްޔަށް ދޫކުރުމާ ބެހޭ:

                  ނ.ފޮއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-D13C-CIV-11 ޤަޟިއްޔާ އާގުޅިގެން 21 ޑިސެމްބަރު 2023 ގައި ނ.ފޮއްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ ވަގުތީ އަމުރާ ގުޅިގެން، މިއިދާރާގެ ނަންބަރ: (IUL) 296/296/2023/49  އިޢުލާނުގައިވާ ބީލަމާއި ގުޅޭ އެންމެހޭކަންކަން ހުއްޓާލާފައިވާކަން މިއިދާރާގެ ނަންބަރ: (IUL)296/296/2023/51 އިޢުލާނުން ވާނީ އަންގާފައެވެ. ނަމަވެސް 9 ޖަނަވަރީ  2024 ގައި ނ. ފޮއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2023-D14C-CIV-13 ޤާޟިއްޔާގައި ކޮށްފައިވާ ޙުކުމުން އެކޯޓުން ނެރުއްވާފައިވާ ވަގުތީ އަމުރު ނިމުމަކަށް އައިސްފައިވާކަން ކަނޑައަޅުއްވާފައިވާތީ، ބީލަން ރަޖިސްޓަރީ ކުރުމުގެ ކަންކަން ހުއްޓާލެވުނު 21 ޑިސެމްބަރު 2023 ވަނަ ދުވަހުން ފެށިގެން ބީލަން ހުށަހެޅުމުގެ ސުންގަޑި ކަމުގައިވާ 25 ޑިސެމްބަރު 2023 އާއި ދެމެދު ފާއިތުވި ދުވަސްތައް ހިމެނޭގޮތަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް އަދި މިބަދަލާ ގުޅިގެން އަންނަނިވި ގޮތަށް ބިޑް ޑޮކިއުމެންޓް ގައި ވާ ތާރީޚް ތަކަށް ބަދަލު ގެނެސް ބީލަން ހުށަހެޅުމަށް އަލުން އިޢުލާނު ކުރަމެވެ.

ބީލަން ހުށައެޅުމުގެ ދަޢުވަތު:

ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް ނ. ފޮއްދޫ ލޯކަލް ޓޫރިޒަމް ޒޯން އިން 2 ބިން (A)  16,000 ( ސޯޅަހާސް އަކަފޫޓް ) އަދި (C)  10,000 ( ދިހަހާސް އަކަފޫޓް ) ގެ ބިން 50 ( ފަންސާސް ) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބިމުގެ މައުލޫމާތު:

 

 

 

ބިމުގެ ނަންބަރ

ސަރަހައްދުގެ ބޮޑުމިން ( އަކަފޫޓު )

ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަގު ( ދިވެހި ރުފިޔާ )

ބިމު ކުލީގެ ގޮތުގައި ހުށައެޅޭނެ އެންމެ ދަށް  އަދަދު މަހަކަށް

ބިމު ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަދަދު އަހަރަކަށް ( ދިވެހި ރުފިޔާ )

A

16،000

ކުއްޔަށް ނަގާ ފަރާތުން ބިން " A" ބިމުކުލީގެ ގޮތުގައި މަހަކަށް ދެއްކުމަށް ހުށަހަޅާ އަދަދު x 12  

7401.60

88،819.20

C

10،000

ކުއްޔަށް ނަގާ ފަރާތުން ބިން "C " ގެ ބިމުކުލީގެ ގޮތަގައި މަހަކަށް ދެއްކުމަށް ހުށަހަޅާ އަދަދު x 12

4626

55،512.00

 

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، 15 ޖަނަވަރީ 2024 އިން 21 ޖަނަވަރީ 2024 ގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން 14:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ.  ފޯމް މެއިލް ކުރައްވާނަމަ [email protected]  މެއިލް ކުރެއްވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެރިވެލެއްވޭނީ ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކެވެ.

ބީލަން ހުށައެޅުން

  • ބީލަން ބަލާގަތުމާއި ބީލާން ހުޅުވުން އޮންނާނީ 21 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުނުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަމްތަކާއި ، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރަން ހުށައެޅި ފަރާތްތަކުން ބިޑް ހުށައަޅަން ފޮނުވާނަމަ ކުންފުނީގެ ސިޓީއެއް ހުށައަޅަންވާނެއެވެ.

              ވީމާ މިކަން ޢައްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

              3 ރަޖަބް 1445

              14 ޖަނަވަރީ 2024

14 ޖަނަވަރީ 2024