ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
އާރލީ އިންޓަރވެންޝަން ސެންޓަރަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު

މި ސްކޫލުގައި ހިންގަމުންދާ އާރލީ އިންޓަރވެންޝަން ސެންޓަރަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި ދަރިވަރުން ވެއްދުމުގައި ޝަރުޠުތަކުގެ ގޮތުގައި ބެލެވޭ ކަންތައްތައް ތިރީގައި މިވަނީއެވެ.

  • 3 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިން ކަމުގައިވުން.
  • އޯޓިޒަމްއަށް ޑައިގްނޯސިސް ކުރެވިފައިވާ ކުއްޖެއްކަމުގައިވުން.
  • ޑައުންސިންޑްރޯމްއަށް ޑައިގްނޯސިސް ކުރެވިފައިވާ ކުއްޖެއްކަމުގައިވުން.
  • އޯޓިޒަމްއަށް ޑައިގްނޯސިސްކުރެވިފައިވާކަމުގެ ކްލިނިކަލް ސައިކޮލޮޖިސްޓެއްގެ ރަސްމީލިޔުން.
  • ޑައުންސިންޑްރޯމަށް ޑައިގްނޯސިސްކުރެވިފައިވާކަމުގެ ކްލިނިކަލް ސައިކޮލޮޖިސްޓެއްގެ ރަސްމީލިޔުން.
  • ޕްރީ ސްކޫލެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރަކަށްވުން.
  • އުފަންދުވަހުގެ ސްޓެފިކެޓް ނުވަތަ އައި.ޑީ.ކާޑުގެ ކޮޕީ
  • ގްރޯތް ކާޑު/ ވެކްސިން ކާޑުގެ ކޮޕީ.

ނޯޓް: * ދަރިވަރުން ހޮވުމުގައި އިސްކަންދެވޭނީ މަތީގައިވާ ޝަރުޠުތައް ހަމަވުމާއެކު ދަރިވަރުގެ ހުރި ނުކުޅެދުންތެރިކަމުގެ ދަރަޖައާއި ޙާލަތު އަދި ޤާބިލުކަމަށް ބަލައިގެންނެވެ.

ވީމާ، މިކަމަށް އެދިވަޑައިގަންނަވާ ބެލެނިވެރިން މިކަމަށް ޚާއްޞަކުރެވިފައިވާ ފޯމު ފުރުމަށްފަހު 06 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމު ލިބިވަޑައިގަންނަވަނީ ސްކޫލް އޮފީހުންނެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ މި ސްކޫލުގެ ފޯނު ނަންބަރު: 3315759 އާ ގުޅުއްވުން އެދެމެވެ.

24 މާރިޗު 2015
ހޯދާ