ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)IM/1/2015/3
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 17:37
ސުންގަޑި:
06 އޭޕްރިލް 2015 13:00
ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އާރލީ އިންޓަރވެންޝަން ސެންޓަރަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު
މި ސްކޫލުގައި ހިންގަމުންދާ އާރލީ އިންޓަރވެންޝަން ސެންޓަރަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި ދަރިވަރުން ވެއްދުމުގައި ޝަރުޠުތަކުގެ ގޮތުގައި ބެލެވޭ ކަންތައްތައް ތިރީގައި މިވަނީއެވެ.
- 3 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިން ކަމުގައިވުން.
- އޯޓިޒަމްއަށް ޑައިގްނޯސިސް ކުރެވިފައިވާ ކުއްޖެއްކަމުގައިވުން.
- ޑައުންސިންޑްރޯމްއަށް ޑައިގްނޯސިސް ކުރެވިފައިވާ ކުއްޖެއްކަމުގައިވުން.
- އޯޓިޒަމްއަށް ޑައިގްނޯސިސްކުރެވިފައިވާކަމުގެ ކްލިނިކަލް ސައިކޮލޮޖިސްޓެއްގެ ރަސްމީލިޔުން.
- ޑައުންސިންޑްރޯމަށް ޑައިގްނޯސިސްކުރެވިފައިވާކަމުގެ ކްލިނިކަލް ސައިކޮލޮޖިސްޓެއްގެ ރަސްމީލިޔުން.
- ޕްރީ ސްކޫލެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރަކަށްވުން.
- އުފަންދުވަހުގެ ސްޓެފިކެޓް ނުވަތަ އައި.ޑީ.ކާޑުގެ ކޮޕީ
- ގްރޯތް ކާޑު/ ވެކްސިން ކާޑުގެ ކޮޕީ.
ނޯޓް: * ދަރިވަރުން ހޮވުމުގައި އިސްކަންދެވޭނީ މަތީގައިވާ ޝަރުޠުތައް ހަމަވުމާއެކު ދަރިވަރުގެ ހުރި ނުކުޅެދުންތެރިކަމުގެ ދަރަޖައާއި ޙާލަތު އަދި ޤާބިލުކަމަށް ބަލައިގެންނެވެ.
ވީމާ، މިކަމަށް އެދިވަޑައިގަންނަވާ ބެލެނިވެރިން މިކަމަށް ޚާއްޞަކުރެވިފައިވާ ފޯމު ފުރުމަށްފަހު 06 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމު ލިބިވަޑައިގަންނަވަނީ ސްކޫލް އޮފީހުންނެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ މި ސްކޫލުގެ ފޯނު ނަންބަރު: 3315759 އާ ގުޅުއްވުން އެދެމެވެ.
24 މާރިޗު 2015