ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
ސީނިއަރ އޮފިސަރ
|
ވަޒީފާގެ ދާއިރާ:
|
ސްޓެލްކޯ ބިއުރޯ
|
ބޭނުންވާ ޢަދަދު:
|
02
|
މުސާރަ:
|
-/8,010ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުނ
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- މާރކެޓިންގ، މީޑިއާ އަދި ޕީއާރު މެޓީރިއަލްސް ޑިޒައިން ކުރުން.
- ސޯޝަލް މީޑިއާ އަދި ވެބްސައިޓަށް ބޭނުންވާ ގްރެފިކްސް ތައްޔާރުކުރުން.
- ކުންފުނީގެ ބްރޭންޑިންގ އަށް ބޭނުންވާ ޑިޒައިން ތައްޔާރުކުރުން.
- ކުންފުނިން ބާއްވާ އެކި އިވެންޓްތަކަށް ކޮންސެޕްޓް އަދި ބްރޭންޑިންގ ތައްޔާރުކުރުން.
- ކުންފުނީގެ އިވެންޓްތަކާއި، ނޫސްވެރިންގެ ބައްދަލުވުންތައް އިންތިޒާމް ކުރުމަށް އެހީތެރިވެދީ، އެ އިންތިޒާމްތައް ހަމަޖެއްސުމުގައި އަމަލީގޮތުން ބައިވެރިވުން.
- ކުންފުނީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މޮނިޓާކޮށް ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- މީޑިއާ ޔުނިޓް / ކުންފުނިން ތައްޔާރުކުރާ ލީފްލެޓް އަދި ފޮތްތަކުގެ ލޭއައުޓް ތައްޔާރުކުރުން
- ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ޕްރޮމޯޓްކުރުމާއި، އެ އެކައުންޓްތަކުން ކުރާ ޕޯސްޓްތައް ވީހާވެސް ގިނަ ބަޔަކާއި ހަމަޔަށް ފޯރާގޮތައް ޝެއާ ކުރުން.
- މާރކެޓް ކުރާނެ ސްޓްރެޓެޖީ ތަކާއި ޚިޔާލު ދިނުން.
- ކުންފުނިން ކުރިއަށްގެންދާ ޙަރަކާތްތަކަށް ތައްޔާރުކުރަންޖެހޭ އޯޑިއޯ އާއި ވީޑިއޯ ކްލިޕްތަކާއި ޕްރެޒެންޓޭޝަންތަކާއި އޯޑިއޯ ރިޕޯޓުތަކާއި ވީޑިއޯ ރިޕޯޓްތައްފަދަ އެންމެހައި ތަކެތި ތައްޔާރުކުރުން.
- ޑިޕާރޓްމަންޓުން ކުރަންޖެހޭ ގްރެފިކްސްއާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް.
- ކުންފުނީގެ އެކި އިންޖީނުގެތަކުންނާއި، ޑިޕާޓްމަންޓްތަކުން ކުރަމުންގެންދާ މަސައްކަތްތައް މޮނިޓާކޮށް، އެ މަސައްކަތްތަކުގެ ތަފްސީލުހޯދުން.
- ޑިޕާރޓްމަންޓުން ކުރަންޖެހޭ ޕޮޓޯގްރަފީ އަދި ވީޑިއޯ ގްރެފީގެ މަސައްކަތްތައް ކުރުމަށް
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
08 ޖަނަވަރީ 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 08 ޖަނަވަރީ 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
22 ޖުމާދަލްއާޙިރާ 1445
04 ޖަނަވަރީ 2024
|