ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2024/09
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 17:13
ސުންގަޑި: 08 ޖަނަވަރީ 2024 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސީނިއަރ އޮފިސަރ

ވަޒީފާގެ ދާއިރާ:

ސްޓެލްކޯ ބިއުރޯ

ބޭނުންވާ ޢަދަދު:

02

މުސާރަ:  

-/8,010ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން  އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުނ

ދާއިރާގެ މައިގަޑު މަސައްކަތް:

  • މާރކެޓިންގ، މީޑިއާ އަދި ޕީއާރު މެޓީރިއަލްސް ޑިޒައިން ކުރުން.
  • ސޯޝަލް މީޑިއާ އަދި ވެބްސައިޓަށް ބޭނުންވާ ގްރެފިކްސް ތައްޔާރުކުރުން.
  • ކުންފުނީގެ ބްރޭންޑިންގ އަށް ބޭނުންވާ ޑިޒައިން ތައްޔާރުކުރުން.
  • ކުންފުނިން ބާއްވާ އެކި އިވެންޓްތަކަށް ކޮންސެޕްޓް އަދި ބްރޭންޑިންގ ތައްޔާރުކުރުން.
  • ކުންފުނީގެ އިވެންޓްތަކާއި، ނޫސްވެރިންގެ ބައްދަލުވުންތައް އިންތިޒާމް ކުރުމަށް އެހީތެރިވެދީ، އެ އިންތިޒާމްތައް ހަމަޖެއްސުމުގައި އަމަލީގޮތުން ބައިވެރިވުން.
  • ކުންފުނީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މޮނިޓާކޮށް ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • މީޑިއާ ޔުނިޓް / ކުންފުނިން ތައްޔާރުކުރާ ލީފްލެޓް އަދި ފޮތްތަކުގެ ލޭއައުޓް ތައްޔާރުކުރުން
  • ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ޕްރޮމޯޓްކުރުމާއި، އެ އެކައުންޓްތަކުން ކުރާ ޕޯސްޓްތައް ވީހާވެސް ގިނަ ބަޔަކާއި ހަމަޔަށް ފޯރާގޮތައް ޝެއާ ކުރުން.
  • މާރކެޓް ކުރާނެ ސްޓްރެޓެޖީ ތަކާއި ޚިޔާލު ދިނުން.
  • ކުންފުނިން ކުރިއަށްގެންދާ ޙަރަކާތްތަކަށް ތައްޔާރުކުރަންޖެހޭ އޯޑިއޯ އާއި ވީޑިއޯ ކްލިޕްތަކާއި ޕްރެޒެންޓޭޝަންތަކާއި އޯޑިއޯ ރިޕޯޓުތަކާއި ވީޑިއޯ ރިޕޯޓްތައްފަދަ އެންމެހައި ތަކެތި ތައްޔާރުކުރުން.
  • ޑިޕާރޓްމަންޓުން ކުރަންޖެހޭ ގްރެފިކްސްއާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް.
  • ކުންފުނީގެ އެކި އިންޖީނުގެތަކުންނާއި، ޑިޕާޓްމަންޓްތަކުން ކުރަމުންގެންދާ މަސައްކަތްތައް މޮނިޓާކޮށް، އެ މަސައްކަތްތަކުގެ ތަފްސީލުހޯދުން.
  • ޑިޕާރޓްމަންޓުން ކުރަންޖެހޭ ޕޮޓޯގްރަފީ އަދި ވީޑިއޯ ގްރެފީގެ މަސައްކަތްތައް ކުރުމަށް

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

08 ޖަނަވަރީ 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 08 ޖަނަވަރީ 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

22 ޖުމާދަލްއާޙިރާ 1445

04 ޖަނަވަރީ 2024

04 ޖަނަވަރީ 2024