އިހައްދޫ ސުކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރު އިހައްދޫ ސުކޫލު ސެކިއުރިޓީ ބަލަހައްޓައިދިނުން

2024ވަނަ އަހަރު އިހައްދޫ ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

1-      މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ކުރި ނަންބަރު GS-215/IUL/2023/36 އިޢުލާން ބާޠިލްކޮށް 1 ފެބުރުއަރީ 2024 އިން 31 ޑިސެންބަރު 2024އަށް އިހައްދޫ ސުކޫލުގެ ސެކިއުރިޓީ ބަލަލައްޓާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން  2024‏ ޖެނުއަރީ 14 ވާ އާދިއްތަ ދުވަހު 14:00ގެ ކުރިން [email protected]  އަށް މެއިލްކޮށްގެން ނުވަތަ 7909677 އަށް ގުޅުއްވާގެން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ތިރީގައިމިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

  • މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
  • ކުރިމަތިލާ މަސައްކަތާއި އިޢުލާން ނަންބަރު.
  • ރަޖިސްޓްރީ ނަންބަރު.
  • އީމެއިލް އެޑްރެސް.
  • ގުޅޭނެ މޯބައިލް ނަންބަރު.

2-      މި މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024‏ ޖެނުއަރީ 14ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން  [email protected] އަށް މެއިލުކުރެއްވުން އެދެމެވެ.  މި މެއިލަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2024‏ ޖެނުއަރީ 14ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

3-      ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ ‏17 ޖެނުއަރީ 2024‏، ވާ ބުދަ ދުވަހުގެ 11:00ގައި މި ސުކޫލުގެ ލައިބުރަރީގައެވެ.

03 ޖަނަވަރީ 2024
ހޯދާ