ދިވެހިރާއްޖެ
2024ވަނަ އަހަރު އިހައްދޫ ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
1- މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ކުރި ނަންބަރު GS-215/IUL/2023/36 އިޢުލާން ބާޠިލްކޮށް 1 ފެބުރުއަރީ 2024 އިން 31 ޑިސެންބަރު 2024އަށް އިހައްދޫ ސުކޫލުގެ ސެކިއުރިޓީ ބަލަލައްޓާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2024 ޖެނުއަރީ 14 ވާ އާދިއްތަ ދުވަހު 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްގެން ނުވަތަ 7909677 އަށް ގުޅުއްވާގެން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ތިރީގައިމިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
- ކުރިމަތިލާ މަސައްކަތާއި އިޢުލާން ނަންބަރު.
- ރަޖިސްޓްރީ ނަންބަރު.
- އީމެއިލް އެޑްރެސް.
- ގުޅޭނެ މޯބައިލް ނަންބަރު.
2- މި މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޖެނުއަރީ 14ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލުކުރެއްވުން އެދެމެވެ. މި މެއިލަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2024 ޖެނުއަރީ 14ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
3- ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 17 ޖެނުއަރީ 2024، ވާ ބުދަ ދުވަހުގެ 11:00ގައި މި ސުކޫލުގެ ލައިބުރަރީގައެވެ.