ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގަމު ކެމްޕަސްގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުމަށް ބޭނުންވެއެވެ.
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2024 ޖަނަވަރީ 10 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ގަމު ކެމްޕަސްގެ ސީ.ބްލޮކް (މަތިމަރަދޫ ޕްރީސްކޫލް) އަށް ޙާޟިރުވުން އެދެމެވެ.
- ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2024 ޖަނަވަރީ 11 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ގަމު ކެމްޕަސްގެ ސީ.ބްލޮކް (މަތިމަރަދޫ ޕްރީސްކޫލް) އަށް ޙާޟިރުވުން އެދެމެވެ.
- ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީއަށް ދެއްކުމަށްފަހު، ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.
- މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛ |
ގަމު ކެމްޕަސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ލ.ގަން، ދިވެހިރާއްޖެ ފޯން: 3345233، 3345231 އީ-މެއިލް: [email protected] |
28 ޑިސެންބަރު 2023
ހޯދާ