ނީލަން
ނަންބަރު: MNU-CA-NL/2023/6
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 19:29
ސުންގަޑި: 11 ޖަނަވަރީ 2024 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގަމު ކެމްޕަސްގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުމަށް ބޭނުންވެއެވެ.
  2. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  3. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2024 ޖަނަވަރީ 10 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ގަމު ކެމްޕަސްގެ ސީ.ބްލޮކް (މަތިމަރަދޫ ޕްރީސްކޫލް) އަށް ޙާޟިރުވުން އެދެމެވެ.
  4. ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2024 ޖަނަވަރީ 11 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ގަމު ކެމްޕަސްގެ ސީ.ބްލޮކް (މަތިމަރަދޫ ޕްރީސްކޫލް) އަށް ޙާޟިރުވުން އެދެމެވެ.
  5. ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީއަށް ދެއްކުމަށްފަހު، ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.
  6. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛

ގަމު ކެމްޕަސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ލ.ގަން، ދިވެހިރާއްޖެ

ފޯން: 3345233، 3345231

އީ-މެއިލް: [email protected]

28 ޑިސެންބަރު 2023