އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތަށް، ފީ ނެގުމުގެ އުސޫލް

 

1.1      އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމަށް ނުވަތަ ލައިސަންސްއާއި ގުޅޭގޮތުން ޚިދުމަތްތަކަށް އެދޭނީ "sims.transport.gov.mv އިންނެނެވެ.

1.2      އާއްމު އުސޫލެއްގެ ގޮތުން ތިޔަރީ އިމްތިހާނު އޮންނާނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ ،އަންގާރަ އަދި ބުދަ ދުވަހުގެ ހެނދުނު 9:00 ން މެންދުރު 12:00 އަށެވެ. ދުއްވުމުގެ އިމްތިހާން އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ ، ބުދަ އަދި ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ން 6:00 އަށް އަދި ރޭގަނޑު 8:30 ން 10:30 އަށެވެ.

1.3      އިމްތިޙާނުގައި ބައިވެރިވާ ފަރާތުން އިމްތިހާން އޮންނަ ތަނަށް ހާޟިރުވާންވާނީ އެޕްލިކޭޝަން ފޯމްގައިވާ ފޯން ނަންބަރ އަށް އިމްތިހާން ސެޑިއުލްކުރިކަން އަންގައިދޭ މެސެޖުން ލިބުމުން އެ މެޖެސުގައިވާ ތާރީޚްގައެވެ. އަދި ޙާޟިރުވާއިރު އެމީހެއްގެ އައި.ޑީ.ކާޑް ގެންނަންވާނެއެވެ.

1.4      ލައިސަންސްގެ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާއާއިބެހޭ ތަފްސީލް ތިރީގައިވާ ތާވަލްގައި އެވަނީއެވެ.

ޚިދުމަތު ފީގެ ގޮތުގައި ކައުންސިލްއަށް ދައްކަންޖެހޭ ފައިސާ

މިނިސްޓްރީ އޮފް ޓްރާންޕޯޓް އެން ސިވިލް އޭވިއޭޝަން އަށް ދައްކަންޖެހޭ ފައިސާ

ތަފްސީލް

#

-/50ރ

-/100ރ

ޤަވާޢިދު އިމްތިހާން (ހުށައަޅާ ކޮންމެ އެޕްލިކޭޝަނަކަށް)

1

-/50ރ

-/100ރ

ދުއްވުމުގެ އިމްތިހާން ދެފުރޮޅު ލީ އުޅަނދު (ހުށައަޅާ ކޮންމެ އެޕްލިކޭޝަނަކަށް)

2

-/75ރ

-/100ރ

ދުއްވުމުގެ އިމްތިހާން 2 އަށްވުރެން ގިނަ ފުރޮޅު ލީ އުޅަނދު (ހުށައަޅާ ކޮންމެ އެޕްލިކޭޝަނަކަށް)

3

-/100ރ

-/250ރ

މުޅިން އަލަށް ލައިސަންސް ހެދުން

4

-/00ރ

-/250ރ

ލައިސަންސް އާކުރުން

5

-/200

-/00ރ

ލައިސަންސް ކާޑްގެ ޕްރިންޓް ކުރުން

6

 

1.5      ހުށައަޅާ އެޕްލިކޭޝަން ވެރިފައިކުރެވޭނީ ޚިދުމަތުގެ ގޮތުގައި އދ.މާމިގިލީ ކައުންސިލަށް ދައްކަންޖެހޭ ފައިސާ އެޕްލިކޭޝަން ހުށައަޅާއިރު 1.6 ގައިވާ ގޮތުގެ މަތީން ދެއްކެވުމުންނެވެ.

1.6      ޚިދުމަތުގެ އަގުގެ ގޮތުގައި މިކައުންސިލަށް ދައްކަންޖެހޭ ފައިސާ މިކައުންސިލްގެ ނަންބަރ: 7722700346004 އެކައުންޓަށް ޓްރާންސްފަރ ކުރުމަށްފަހު މިކައުންސިލްގެ ނަންބަރ: 9199667 އަށް ވައިބަރ ކުރަންވާނެއެވެ. (ފައިސާ ޓްރާންސްފަރ ކުރަންވާނީ، ޚިދުމަތަށް އެދޭފަރާތުގެ ނަމާއި، އެޑްރެސް އައިޑީކާޑުނަންބަރު އަދި އެއީ ކޮން ޚިދުމަތަކަށް އެދި ޓްރާސްފަރ ކުރާ ފައިސާއެއްކަން އެނގޭނޭހެން ކޮމެންޓްގައި ލިޔުއްވުމަށް ފަހުގައެވެ.)

މިސާލަކަށް:

                                            Theory exam

                                            Practical exam two-wheeler

                                            Practical exam other than two-wheeler

                                            New license

                                            License renew

                                            License printing

1.7      ލައިސަންގެ ޚިދުމަތަށް އެދި ހުށައަޅާ އެޕްލިކޭޝަންތަކަށް ދައްކަންޖެހޭ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށެވެ. މިގޮތުން ޚިދުމަތަށް އެދި ފޯމް ހުށައެޅުމުން، ފޯމް ވެރިފައިކޮށް ފައިސާދެއްކުމަށް ލިންކް ލިބިވަޑައިގަންނަވާނެއެވެ. މިދެންނެވި ލިންކް މެދުވެރިކޮށް ދައްކާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއަށް ދަންކަން ޖެހޭ ފައިސާއެވެ.

ނޯޓް: ޚިދުމަތް ކުރިއަށް ދާނީ މަތީގައި ދެންނެވުނުފަދައިން އެޕްލިކޭޝަން ފުރިހަމަކޮށް، މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަނަށް ދައްކަންޖެހޭ ފައިސާ އާއި އެއްގަމު ލައިސަންގެ ޚިދުމަތުގެ އަގުގެ ގޮތުގައި މިކައުންސިލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހުގައެވެ.

އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6680097،6680098،6680096،6680537

28 ޑިސެންބަރު 2023
ހޯދާ