ދިވެހިރާއްޖެ
1.1 އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމަށް ނުވަތަ ލައިސަންސްއާއި ގުޅޭގޮތުން ޚިދުމަތްތަކަށް އެދޭނީ "sims.transport.gov.mv އިންނެނެވެ.
1.2 އާއްމު އުސޫލެއްގެ ގޮތުން ތިޔަރީ އިމްތިހާނު އޮންނާނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ ،އަންގާރަ އަދި ބުދަ ދުވަހުގެ ހެނދުނު 9:00 ން މެންދުރު 12:00 އަށެވެ. ދުއްވުމުގެ އިމްތިހާން އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ ، ބުދަ އަދި ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ން 6:00 އަށް އަދި ރޭގަނޑު 8:30 ން 10:30 އަށެވެ.
1.3 އިމްތިޙާނުގައި ބައިވެރިވާ ފަރާތުން އިމްތިހާން އޮންނަ ތަނަށް ހާޟިރުވާންވާނީ އެޕްލިކޭޝަން ފޯމްގައިވާ ފޯން ނަންބަރ އަށް އިމްތިހާން ސެޑިއުލްކުރިކަން އަންގައިދޭ މެސެޖުން ލިބުމުން އެ މެޖެސުގައިވާ ތާރީޚްގައެވެ. އަދި ޙާޟިރުވާއިރު އެމީހެއްގެ އައި.ޑީ.ކާޑް ގެންނަންވާނެއެވެ.
1.4 ލައިސަންސްގެ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާއާއިބެހޭ ތަފްސީލް ތިރީގައިވާ ތާވަލްގައި އެވަނީއެވެ.
| 
 ޚިދުމަތު ފީގެ ގޮތުގައި ކައުންސިލްއަށް ދައްކަންޖެހޭ ފައިސާ  | 
 މިނިސްޓްރީ އޮފް ޓްރާންޕޯޓް އެން ސިވިލް އޭވިއޭޝަން އަށް ދައްކަންޖެހޭ ފައިސާ  | 
 ތަފްސީލް  | 
 #  | 
| 
 -/50ރ  | 
 -/100ރ  | 
 ޤަވާޢިދު އިމްތިހާން (ހުށައަޅާ ކޮންމެ އެޕްލިކޭޝަނަކަށް)  | 
 1  | 
| 
 -/50ރ  | 
 -/100ރ  | 
 ދުއްވުމުގެ އިމްތިހާން ދެފުރޮޅު ލީ އުޅަނދު (ހުށައަޅާ ކޮންމެ އެޕްލިކޭޝަނަކަށް)  | 
 2  | 
| 
 -/75ރ  | 
 -/100ރ  | 
 ދުއްވުމުގެ އިމްތިހާން 2 އަށްވުރެން ގިނަ ފުރޮޅު ލީ އުޅަނދު (ހުށައަޅާ ކޮންމެ އެޕްލިކޭޝަނަކަށް)  | 
 3  | 
| 
 -/100ރ  | 
 -/250ރ  | 
 މުޅިން އަލަށް ލައިސަންސް ހެދުން  | 
 4  | 
| 
 -/00ރ  | 
 -/250ރ  | 
 ލައިސަންސް އާކުރުން  | 
 5  | 
| 
 -/200  | 
 -/00ރ  | 
 ލައިސަންސް ކާޑްގެ ޕްރިންޓް ކުރުން  | 
 6  | 
1.5 ހުށައަޅާ އެޕްލިކޭޝަން ވެރިފައިކުރެވޭނީ ޚިދުމަތުގެ ގޮތުގައި އދ.މާމިގިލީ ކައުންސިލަށް ދައްކަންޖެހޭ ފައިސާ އެޕްލިކޭޝަން ހުށައަޅާއިރު 1.6 ގައިވާ ގޮތުގެ މަތީން ދެއްކެވުމުންނެވެ.
1.6 ޚިދުމަތުގެ އަގުގެ ގޮތުގައި މިކައުންސިލަށް ދައްކަންޖެހޭ ފައިސާ މިކައުންސިލްގެ ނަންބަރ: 7722700346004 އެކައުންޓަށް ޓްރާންސްފަރ ކުރުމަށްފަހު މިކައުންސިލްގެ ނަންބަރ: 9199667 އަށް ވައިބަރ ކުރަންވާނެއެވެ. (ފައިސާ ޓްރާންސްފަރ ކުރަންވާނީ، ޚިދުމަތަށް އެދޭފަރާތުގެ ނަމާއި، އެޑްރެސް އައިޑީކާޑުނަންބަރު އަދި އެއީ ކޮން ޚިދުމަތަކަށް އެދި ޓްރާސްފަރ ކުރާ ފައިސާއެއްކަން އެނގޭނޭހެން ކޮމެންޓްގައި ލިޔުއްވުމަށް ފަހުގައެވެ.)
މިސާލަކަށް:
Theory exam
Practical exam two-wheeler
Practical exam other than two-wheeler
New license
License renew
License printing
1.7 ލައިސަންގެ ޚިދުމަތަށް އެދި ހުށައަޅާ އެޕްލިކޭޝަންތަކަށް ދައްކަންޖެހޭ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށެވެ. މިގޮތުން ޚިދުމަތަށް އެދި ފޯމް ހުށައެޅުމުން، ފޯމް ވެރިފައިކޮށް ފައިސާދެއްކުމަށް ލިންކް ލިބިވަޑައިގަންނަވާނެއެވެ. މިދެންނެވި ލިންކް މެދުވެރިކޮށް ދައްކާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއަށް ދަންކަން ޖެހޭ ފައިސާއެވެ.
ނޯޓް: ޚިދުމަތް ކުރިއަށް ދާނީ މަތީގައި ދެންނެވުނުފަދައިން އެޕްލިކޭޝަން ފުރިހަމަކޮށް، މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަނަށް ދައްކަންޖެހޭ ފައިސާ އާއި އެއްގަމު ލައިސަންގެ ޚިދުމަތުގެ އަގުގެ ގޮތުގައި މިކައުންސިލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހުގައެވެ.
އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6680097،6680098،6680096،6680537