ދިވެހިރާއްޖެ
އިޢުލާން
1.5ޓަނުގެ ޕިކަޕެއް ގަތުމާއި ގުޅޭ
ކުނިމެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް 1.5 ޓަނު އުފުލޭ ޕިކަޕެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއްޖެއެވެ. ޕިކަޕް ވިއްކުމަށް އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، ޕިކަޕާއި ގުޅޭ ތިރީގައި އެވާ މަޢުލޫމާތު އަންދާސީ ހިސާބާއެކު ހުށަހެޅުއްވުން އެދެމެވެ.
- ޕިކަޕުގެ ބްރޭންޑް
- ޕިކަޕުގެ މޮޑެލް ކޯޑް
- އެންޖީން ސީ.ސީ
- ޓްރާންސްމިޝަން
- ޕިކަޕް ދުއްވާފަ ހުރިވަރު
- ސީޓުގެ އަދަދު
- ފިޔުލް
- ޕިކަޕް އުފެއްދި ތާރީޚް
- ޕިކަޕުގެ ކުލަ
- ފޮށިގަނޑު ސައިޒް
ޕިކަޕު ރެޖިސްޓްރީ ކުރުމުގެ އެންމެހާ މަސައްކަތްތައް ޕިކަޕްވިއްކާ ފަރާތުން ކޮށްދޭންވާނެއެވެ. އަދި ޕިކަޕް ރަށަށް ގެނައުމަށް ބޯއްޓާއި ހަމައަށް ގެންގޮސް ދިނުމަކީ މަސައްކަތާއި ހަވާލުވާ ފަރާތުގެ ޒިންމާއެކެއެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ޝަރުތުތައް ފުރިހަމަވާ ޕިކަޕެއް މަރޮށީ ކައުންސިލް އިދާރާއަށް ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2024 ޖަނަވަރީ 11 ވަނަ ދުވަހުގެ 12:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ސިޓީގައި ޕިކަޕުގެ އަގާއި، ޕިކަޕު ފޯރުކޮށްދެވޭނެ މުއްދަތާއި، ޕިކަޕުގެ ތަފްސީލް ސްޕެސިފިކޭޝަން ހުށަހަޅުއްވަން ވާނެއެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއާއި، ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަންވާނެއެވެ.
|
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފްސީލް |
ފޯމިއުލާ |
އަގު |
80% |
|
(Benchmark Price / Submitted Price) x Allocated Percentage |
|
ހުށަހެޅުން - ފީޗާރސް |
10% |
|
(Benchmark / Submitted Specification) x Allocated Percentage |
|
މުއްދަތު |
10% |
|
(Benchmark / Submitted Duration) x Allocated Percentage |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީބަންދު ނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު: 6540054 ފޯނަށް ގުޅުއްވުން އެދެމެވެ.