ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)279-CA/2023/41
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 11 ޖަނަވަރީ 2024 12:30
މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1.5ޓަނުގެ ޕިކަޕެއް ގަތުމާއި ގުޅޭ

އިޢުލާން

1.5ޓަނުގެ ޕިކަޕެއް ގަތުމާއި ގުޅޭ

            ކުނިމެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް  1.5 ޓަނު އުފުލޭ ޕިކަޕެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއްޖެއެވެ. ޕިކަޕް ވިއްކުމަށް އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، ޕިކަޕާއި ގުޅޭ ތިރީގައި އެވާ މަޢުލޫމާތު އަންދާސީ ހިސާބާއެކު ހުށަހެޅުއްވުން އެދެމެވެ.

  • ޕިކަޕުގެ ބްރޭންޑް
  • ޕިކަޕުގެ މޮޑެލް ކޯޑް
  • އެންޖީން ސީ.ސީ
  • ޓްރާންސްމިޝަން
  • ޕިކަޕް ދުއްވާފަ ހުރިވަރު
  • ސީޓުގެ އަދަދު
  • ފިޔުލް
  • ޕިކަޕް އުފެއްދި ތާރީޚް
  • ޕިކަޕުގެ ކުލަ
  • ފޮށިގަނޑު ސައިޒް

             ޕިކަޕު ރެޖިސްޓްރީ ކުރުމުގެ އެންމެހާ މަސައްކަތްތައް ޕިކަޕްވިއްކާ ފަރާތުން ކޮށްދޭންވާނެއެވެ. އަދި ޕިކަޕް ރަށަށް ގެނައުމަށް ބޯއްޓާއި ހަމައަށް ގެންގޮސް ދިނުމަކީ މަސައްކަތާއި ހަވާލުވާ ފަރާތުގެ ޒިންމާއެކެއެވެ.   

             ވީމާ، މަތީގައި ދެންނެވިފައިވާ ޝަރުތުތައް ފުރިހަމަވާ ޕިކަޕެއް މަރޮށީ ކައުންސިލް އިދާރާއަށް ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2024 ޖަނަވަރީ 11 ވަނަ ދުވަހުގެ 12:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ސިޓީގައި ޕިކަޕުގެ އަގާއި، ޕިކަޕު ފޯރުކޮށްދެވޭނެ މުއްދަތާއި، ޕިކަޕުގެ ތަފްސީލް ސްޕެސިފިކޭޝަން ހުށަހަޅުއްވަން ވާނެއެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއާއި، ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފްސީލް

ފޯމިއުލާ

އަގު

80%

  • ތަކެތި ނުވަތަ ހިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑްއިވަލުއޭޝަން ބޯޑުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެކުޑައަގަކީ ބެންޗް މާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައި ޕަސަންޓް ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ހުށަހެޅުން - ފީޗާރސް

 10%
  • މިބަޔަށް މާކްސް ދެވޭނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭގޮތަށް، ހުށަހެޅުންތަކުގެ ރޭޝިއޯއިންނެވެ.

(Benchmark  / Submitted Specification) x Allocated Percentage

މުއްދަތު

 10%
  •  ތަކެތި ނުވަތަ ޚިދުމަތް ފޯރުކޮށްދޭ މުއްދަތަށް ދޭ މާކްސް
  • މިބަޔަށް މާކްސް ދެވޭނީ ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ މުއްދަތެއްގައި މުދާ ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ފަރާތްތަކަށް ގިނަ މާކްސް ލިބޭގޮތަށް ހުށަހަޅާފައިވާ މުއްދަތުގެ ރޭޝިއޯއިންނެއެވެ.

(Benchmark  / Submitted Duration) x Allocated Percentage

           އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީބަންދު ނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު: 6540054 ފޯނަށް ގުޅުއްވުން އެދެމެވެ.

26 ޑިސެންބަރު 2023