ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ (2024ގެ) ރަމަޟާންމަހު ލ. ދަނބިދޫ "މަސްޖިދުލް އީމާން"ގައި އިމާމުވެ ޙިފްޘްކޮށް ތަރާވީޙް ނަމާދު ކުރާނެ 2 ޙާފިޘަކު މިކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޖަނަވަރީ 11 ވާ ބުރާސްފަތި ދުވަހުގެ
13:00 ގެ ކުރިން ހުށަހަޅާ ފަރާތެއްގެ ލެޓަރހެޑުގައި، ސިޓީއަކާއެކު މިމަސައްކަތްކޮށްދެވިދާނެ އަގު (ކޯޓޭޝަން)
މިކައުންސިލް އިދާރާއަށް އީމެއިލް ކޮށްދެއްވުން ނުވަތަ ހާޑް ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ
ކުރައްވާނީ [email protected] އަދި އިތުރު މަޢުލޫމާތު ހޯދެއްވުމަށް ބޭނުންފުޅުވާނަމަ 680-0724 އާއި
ގުޅުއްވުމަށް ދަންނަވަމެވެ. ކޯޓޭޝަނުގައި މި ދަންނަވާ މަޢުލޫމާތު ހިމަނަން ވާނެއެވެ.
- ދެ ކޮޅު ޓިކެޓް ޚަރަދު (ރާއްޖެ ގެނާއުމާއި، އެނބުރި ޤައުމަށް ދިއުމަށް، ފުލައިޓުން ޚަރަދުވާނެ ވަރު)
- ޙާފިޘް ރަށާހަމައަށް ގެނެސްދީ ގެންގޮސްދިނުމުގެ ޚަރަދު (ރަށަށް ގެނައުމާއި އެނބުރި މާލެދިއުމުގެ ދަތުރު ޚަރަދު)
- މާލޭގައި ހުރުމާއި، ކެއުމުގެ ޚަރަދު
- ވިސާ ދެއްކުމާއި، އިންޝުއަރެންސް ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ
- އެންމެހާ ލިޔުންތައް ފުރިހަމަކުރިކަމުގެ ލިޔުން
- ހުށައަޅާ ފަރާތުގެ ނަން، ގުޅޭނެ ނަމްބަރ، އައި.ޑީ، ކޮޕީ(ކުންފުންޏެއްނަމަ، ރަޖިސްޓަރީ ކޮޕީ)
- ތަޖުރިބާގެ ލިޔުމެއް އޮތްނަމަ، އެފަދަ ލިޔުމުގެ ކޮޕީ
- އެހެނިހެން (ޙާފުޘްއަށް ކޮށްދިނުމަށް ބޭނުންވާ އެހެނިހެން ކަންކަން ކޯޓޭޝަންގައި ހިމެނުން އެދެން)
ނޯޓް: ޙާފިޘުން ނެގުމުގައި ދިވެހި ޙާފިޘުން ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެވެ.
މިކަމުގައި ޢަމަލުކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ޢާއްމުކުރައްވާފައިވާ ނަންބަރު:(IUL)142-B1/142/2023/219
އިޢުލާންއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.