ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)396-C/2023/69
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 11 ޖަނަވަރީ 2024 13:00
ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފުޘްކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޘުން ހޯދުމާއި ގުޅޭ

 

      1445 ވަނަ އަހަރުގެ (2024ގެ) ރަމަޟާންމަހު ލ. ދަނބިދޫ "މަސްޖިދުލް އީމާން"ގައި އިމާމުވެ ޙިފްޘްކޮށް ތަރާވީޙް ނަމާދު ކުރާނެ 2 ޙާފިޘަކު މިކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.      

          ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޖަނަވަރީ 11 ވާ ބުރާސްފަތި ދުވަހުގެ

13:00 ގެ  ކުރިން ހުށަހަޅާ ފަރާތެއްގެ ލެޓަރހެޑުގައި، ސިޓީއަކާއެކު މިމަސައްކަތްކޮށްދެވިދާނެ އަގު (ކޯޓޭޝަން)

މިކައުންސިލް އިދާރާއަށް އީމެއިލް ކޮށްދެއްވުން ނުވަތަ ހާޑް ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ

ކުރައްވާނީ [email protected]  އަދި އިތުރު މަޢުލޫމާތު ހޯދެއްވުމަށް ބޭނުންފުޅުވާނަމަ 680-0724 އާއި

ގުޅުއްވުމަށް ދަންނަވަމެވެ. ކޯޓޭޝަނުގައި މި ދަންނަވާ މަޢުލޫމާތު ހިމަނަން ވާނެއެވެ.

  1. ދެ ކޮޅު ޓިކެޓް ޚަރަދު (ރާއްޖެ ގެނާއުމާއި، އެނބުރި ޤައުމަށް ދިއުމަށް، ފުލައިޓުން ޚަރަދުވާނެ ވަރު)
  2. ޙާފިޘް ރަށާހަމައަށް ގެނެސްދީ ގެންގޮސްދިނުމުގެ ޚަރަދު (ރަށަށް ގެނައުމާއި އެނބުރި މާލެދިއުމުގެ ދަތުރު ޚަރަދު)
  3. މާލޭގައި ހުރުމާއި، ކެއުމުގެ ޚަރަދު
  4. ވިސާ ދެއްކުމާއި، އިންޝުއަރެންސް ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ
  5. އެންމެހާ ލިޔުންތައް ފުރިހަމަކުރިކަމުގެ ލިޔުން
  6. ހުށައަޅާ ފަރާތުގެ ނަން، ގުޅޭނެ ނަމްބަރ، އައި.ޑީ، ކޮޕީ(ކުންފުންޏެއްނަމަ، ރަޖިސްޓަރީ ކޮޕީ)
  7. ތަޖުރިބާގެ ލިޔުމެއް އޮތްނަމަ، އެފަދަ ލިޔުމުގެ ކޮޕީ
  8. އެހެނިހެން (ޙާފުޘްއަށް ކޮށްދިނުމަށް ބޭނުންވާ އެހެނިހެން ކަންކަން ކޯޓޭޝަންގައި ހިމެނުން އެދެން)

 

 ނޯޓް: ޙާފިޘުން ނެގުމުގައި ދިވެހި ޙާފިޘުން ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެވެ.

މިކަމުގައި ޢަމަލުކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ޢާއްމުކުރައްވާފައިވާ ނަންބަރު:(IUL)142-B1/142/2023/219

އިޢުލާންއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

 

 

24 ޑިސެންބަރު 2023