ކުޑަފަރީ ސްކޫލް، ނ. ކުޑަފަރި
ދިވެހިރާއްޖެ
ކުޑަފަރީ ސްކޫލަށް ގުދަނެއް ކުއްޔަށް ހިފުން

ކުޑަފަރީ ސްކޫލަށް ގުދަނެއް ކުއްޔަށް ހިފުން. (ޕްރޮޖެކްޓް ނަންބަރު: 2023/02)

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. މި ސްކޫލުގެ ނަންބަރު (IUL-G)GS113/2023/030 (06 ޑިސެމްބަރ 2023) އިޢުލާނާ ގުޅިގެން 3 ފަރާތުން ބިޑު ހުށަހެޅުމަށް ހާޟިރުވެފައި ނުވާތީ، އަލުން އިޢުލާން ކުރަމެވެ.
  2. 01 ޖަނަވަރީ 2024 ން 31 ޑިސެންބަރު 2024 އަށް، ކުޑަފަރީ ސްކޫލަށް ގުދަނެއް ކުއްޔަށްހިފުމަށް ބޭނުންވެއެވެ. ވިމާ މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
  3. ގުދަނުގައި އެންމެ ކުޑަވެގެން 500 އަކަ ފޫޓް ހަމަވާން ވާނެއެވެ.
  4. ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ 2023 ޑިސެންބަރު 28 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން، ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކޮށްގެންނެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމް އިޢުލާނާއި އެކު އެޓޭޗު ކުރެވިފައި އެވަނީއެވެ. އަދި ސްކޫލް އިދާރާއިންވެސް ބިޑް ރަޖިސްޓްރޭޝަން ފޯމް ލިބެން ހުންނާނެއެވެ.
  5. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު ބީލަމުގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް ސްކޫލް އިދާރާއިން ދޫކުރެވޭނެއެވެ.
  6. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 07 ޖެނުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި ސްކޫލުގައިއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
  7. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.                             

ކުޑަފަރީ ސްކޫލް ވައިލެޓްމަގު، ނ.ކުޑަފަރި، ދިވެހިރާއްޖެ.

  ފޯން:       6561802

  އީމެއިލް:     [email protected]

21 ޑިސެންބަރު 2023
ހޯދާ