ބީލަން
ނަންބަރު: (IUL-G)GS113/2023/033
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 07:55
ސުންގަޑި:
28 ޑިސެންބަރު 2023 11:00
ކުޑަފަރީ ސްކޫލް، ނ. ކުޑަފަރި
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަފަރީ ސްކޫލަށް ގުދަނެއް ކުއްޔަށް ހިފުން
ކުޑަފަރީ ސްކޫލަށް ގުދަނެއް ކުއްޔަށް ހިފުން. (ޕްރޮޖެކްޓް ނަންބަރު: 2023/02)
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މި ސްކޫލުގެ ނަންބަރު (IUL-G)GS113/2023/030 (06 ޑިސެމްބަރ 2023) އިޢުލާނާ ގުޅިގެން 3 ފަރާތުން ބިޑު ހުށަހެޅުމަށް ހާޟިރުވެފައި ނުވާތީ، އަލުން އިޢުލާން ކުރަމެވެ.
- 01 ޖަނަވަރީ 2024 ން 31 ޑިސެންބަރު 2024 އަށް، ކުޑަފަރީ ސްކޫލަށް ގުދަނެއް ކުއްޔަށްހިފުމަށް ބޭނުންވެއެވެ. ވިމާ މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
- ގުދަނުގައި އެންމެ ކުޑަވެގެން 500 އަކަ ފޫޓް ހަމަވާން ވާނެއެވެ.
- ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ 2023 ޑިސެންބަރު 28 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން، ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކޮށްގެންނެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމް އިޢުލާނާއި އެކު އެޓޭޗު ކުރެވިފައި އެވަނީއެވެ. އަދި ސްކޫލް އިދާރާއިންވެސް ބިޑް ރަޖިސްޓްރޭޝަން ފޯމް ލިބެން ހުންނާނެއެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު ބީލަމުގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް ސްކޫލް އިދާރާއިން ދޫކުރެވޭނެއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 07 ޖެނުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި ސްކޫލުގައިއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކުޑަފަރީ ސްކޫލް ވައިލެޓްމަގު، ނ.ކުޑަފަރި، ދިވެހިރާއްޖެ.
ފޯން: 6561802
އީމެއިލް: [email protected]
21 ޑިސެންބަރު 2023