ދިވެހިރާއްޖެ
ހދ. ނޮޅިވަރަމުން ދިރިއުޅުމަށް 2000 އަކަފޫޓުގެ 160 ބަންޑާރަ ގޯތި ދޫކުރުމަށް 22 މޭ 2023 ގައި ކުރެވުނު އިޢުލާން (ނަމްބަރު: (IUL)264/PRIV/2023/41) އާއި ގުޅިގެން ގޯތި ލިބޭ 160 މީހުންގެ މެދެގައި، ގޯތިލިބޭ ސަރަހައްދު ކަނޑައެޅުމަށްޓަކައި ގުރުއަތުލުން 21 ޑިސެމްބަރ 2023 ވާ ބުރާސްފަތި 20:45 ގައި ދަރިވަރުންގެ ހިޔާގައި އޮންނާނެއެވެ.
ގުރުއަތުގައި ބައިވެރިވެވޭނީ ގޯތިލިބޭފަރާތް ނުވަތަ ފޯމްގައި ބަދަލުގައި ހަމަޖައްސާފައިވާ ފަރާތަށެވެ. މީގެ އިތުރުން އެހެން ފަރާތެއް ގުރުއަތު ނެގުމަށް ހަމަޖައްސަން ބޭނުންވާނަމަ 21 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ލިޔުމަކުން ބަދަލުގައި ހަމަޖައްސާ ފަރާތުގެ (އައިޑީކާޑް ކޮޕީ އަކާއެކު) މައުލޫމާތު ހުށަހެޅުމަށް ދަންނަވަމެވެ.
ގުރުއަތުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު އައިޑީކާޑް ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.