ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)264/PRIV/2023/97
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 21 ޑިސެންބަރު 2023 20:45
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިލިބޭ ސަރަހައްދު ކަނޑައެޅުމަށްޓަކައި ގުރުއަތުލުން

      ހދ. ނޮޅިވަރަމުން ދިރިއުޅުމަށް 2000 އަކަފޫޓުގެ 160 ބަންޑާރަ ގޯތި ދޫކުރުމަށް 22 މޭ 2023 ގައި ކުރެވުނު އިޢުލާން (ނަމްބަރު: (IUL)264/PRIV/2023/41) އާއި ގުޅިގެން  ގޯތި ލިބޭ 160 މީހުންގެ މެދެގައި، ގޯތިލިބޭ ސަރަހައްދު ކަނޑައެޅުމަށްޓަކައި ގުރުއަތުލުން  21 ޑިސެމްބަރ 2023 ވާ ބުރާސްފަތި 20:45 ގައި ދަރިވަރުންގެ ހިޔާގައި އޮންނާނެއެވެ.

       ގުރުއަތުގައި ބައިވެރިވެވޭނީ ގޯތިލިބޭފަރާތް ނުވަތަ ފޯމްގައި ބަދަލުގައި ހަމަޖައްސާފައިވާ ފަރާތަށެވެ. މީގެ އިތުރުން އެހެން ފަރާތެއް ގުރުއަތު ނެގުމަށް ހަމަޖައްސަން ބޭނުންވާނަމަ  21 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ލިޔުމަކުން ބަދަލުގައި ހަމަޖައްސާ ފަރާތުގެ (އައިޑީކާޑް ކޮޕީ އަކާއެކު) މައުލޫމާތު ހުށަހެޅުމަށް ދަންނަވަމެވެ.

ގުރުއަތުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު އައިޑީކާޑް ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

19 ޑިސެންބަރު 2023