ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެޕްޓިކް ޓޭންކް ހަދައި އެޓޭންކްތައް ނަރުދަމާއާ ގުޅައިދޭނޭ ފަރާތެއް ހޯދަން
އަންދާސީހިސާބު ބޭނުންވެއްޖެ:
ކުޑަހުވަދޫގައި ދ.ވާނީގެ ރައްޔިތުންނަށް އަޅާދީފައިވާ 53 ދާއިމީ ހިޔާގައި އަމިއްލަ ތަކެތީގައި، ސެޕްޓިކް ޓޭންކް ހަދައި އެޓޭންކްތައް ނަރުދަމާއާ ގުޅައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތުކަރުދާހާއި ފޯމު 2015 މާރިޗު 22 ވަނަ ދުވަހުން ފެށިގެން 2015 މާރިޗު 25 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް މިއިދާރާއިން ލިބެން ހުންނާނެއެވެ.
- މަސައްކަތާ ގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ 2015 މާރިޗު 26 ވާ ހޯމަދުވަހުގެ 11:00ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
- އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2015 މާރިޗު 31 ވަނަ ދުވަހުގެ 11:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
- މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
- މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
މަސައްކަތުގެ ޖުމުލަ އަގު |
60% |
ފަންނީ ޤާބިލުކަން ހުރި މިންވަރަށް |
10% |
މުއްދަތު |
20% |
މާލީގޮތުން އެކަންކުރެވޭފަދަ ފެންވަރުހުރުން |
10% |
އިތުރު މަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
18 މާރިޗު 2015
ހޯދާ