މަސައްކަތް
ނަންބަރު: B-381/I-2015/12
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 16:02
ސުންގަޑި: 25 މާރިޗު 2015 15:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެޕްޓިކް ޓޭންކް ހަދައި އެޓޭންކްތައް ނަރުދަމާއާ ގުޅައިދޭނޭ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ:

ކުޑަހުވަދޫގައި ދ.ވާނީގެ ރައްޔިތުންނަށް އަޅާދީފައިވާ 53 ދާއިމީ ހިޔާގައި އަމިއްލަ ތަކެތީގައި، ސެޕްޓިކް ޓޭންކް ހަދައި އެޓޭންކްތައް ނަރުދަމާއާ ގުޅައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތުކަރުދާހާއި ފޯމު 2015 މާރިޗު 22 ވަނަ ދުވަހުން ފެށިގެން 2015 މާރިޗު 25 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް މިއިދާރާއިން ލިބެން ހުންނާނެއެވެ.
  • މަސައްކަތާ ގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ 2015 މާރިޗު 26 ވާ ހޯމަދުވަހުގެ 11:00ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
  • އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2015 މާރިޗު 31 ވަނަ ދުވަހުގެ 11:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
  • މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
  • މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތުގެ ޖުމުލަ އަގު

60%

ފަންނީ ޤާބިލުކަން ހުރި މިންވަރަށް

10%

މުއްދަތު

20%

މާލީގޮތުން އެކަންކުރެވޭފަދަ ފެންވަރުހުރުން

10%

އިތުރު މަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 މާރިޗު 2015