ދިވެހިރާއްޖެ
މި ސްކޫލްގައި ހުރި މަރާމާތުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 12 ޑިސެމްބަރ 2023 އިން 18 ޑިސެމްބަރ 2023 ދުވަހުގެ 14:00 އާއި ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައި ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެސަން 19 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި އަދި ބީލަން ހުށަހެޅުން 21 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހު 11:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ.
މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި ސްކޫލުން ލިބެން ހުންނާނެއެވެ.
ހަންޏާމީދޫ ސްކޫލް / އދ.ހަންޏާމީދޫ
ފޯން: 6680837
އީ-މެއިލް: [email protected]
27 ޖުމާދަލްއުލާ 1445