މަސައްކަތް
ނަންބަރު: GS153/IUL/2023/21
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 18 ޑިސެންބަރު 2023 14:00
ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި ސްކޫލްގައި ހުރި މަރާމާތުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014  (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 12 ޑިސެމްބަރ 2023 އިން  18 ޑިސެމްބަރ 2023 ދުވަހުގެ 14:00 އާއި ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައި ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. 

މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެސަން 19 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި އަދި ބީލަން ހުށަހެޅުން 21 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހު 11:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ.

މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި ސްކޫލުން ލިބެން ހުންނާނެއެވެ.

ހަންޏާމީދޫ ސްކޫލް / އދ.ހަންޏާމީދޫ

ފޯން: 6680837

އީ-މެއިލް: [email protected]

27 ޖުމާދަލްއުލާ 1445

11 ޑިސެންބަރު 2023