ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކޮށްދޭނެ 2 ޙާފިޡަކު ހޯދަން
ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ 2 ޙާފިޡަކު ހޯދަން ބޭނުންވެއްޖެ.
1436 ވަނަ އަހަރު ރަމަޟާންމަހު ގދ. މަޑަވެލީ މަސްޖިދުލްބަރަކާތުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ 2 ޙާފިޡަކު ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަން ކޮށްދެއްވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތަކާއެކު 26 މާރިޗު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަޑަވެލީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
- ޙިފްޡުކޮށް (މުޞްޙަފްއެކީ ނުބަލައި) އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ ބޭފުޅެއްގެ މުސާރައާއި އެކަމަޑޭޝަން އަދި ދަތުރު ޚަރަދު.
- ޙިފްޡުކޮށް (މުޞްޙަފްއެކީގައި ނުބަލައި) އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ ބޭފުޅެއްގެ ނަމާއި އެޑްރެސް އަދި އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީ.
- ޙިފްޡުކޮށް (މުޞްޙަފްއެކީގައި ނުބަލައި) އިމާމުވެ ތަރާވީޙުނަމާދު ކުރެވޭނެ ފަރާތެއްކަން ބަޔާންކޮށްދޭ ކިޔަވައިދޭ މަރުކަޒަކުން ދީފައިވާ ލިޔުމެއް.
- ޙާފިޡުކަމުގެ ސެޓުފިކެޓުގެ ކޮޕީއެއް.
- ރާއްޖޭގައި އުޅޭ ބިދޭސީއެއްނަމަ އެމީހެއްގެ ވާރކްވިސާގެ ކޮޕީ އަދި ޙާފިޡުކަމުގެ ސެޓުފިކެޓުގެ ކޮޕީ.
- ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކުރެވޭނެ ދިވެހި ޙާފިޡުންނަށް އިސްކަންދެވޭނެއެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 6840006 ނުވަތަ 9140006 އާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
26 ޖުމާދަލްއޫލާ 1436
17 މާރިޗު 2015
ހޯދާ