މަސައްކަތް
ނަންބަރު: 416-A/2015/15
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 26 މާރިޗު 2015 14:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކޮށްދޭނެ 2 ޙާފިޡަކު ހޯދަން

ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ 2 ޙާފިޡަކު ހޯދަން ބޭނުންވެއްޖެ.

1436 ވަނަ އަހަރު ރަމަޟާންމަހު ގދ. މަޑަވެލީ މަސްޖިދުލްބަރަކާތުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ 2 ޙާފިޡަކު ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަން ކޮށްދެއްވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތަކާއެކު 26 މާރިޗު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަޑަވެލީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  1. ޙިފްޡުކޮށް (މުޞްޙަފްއެކީ ނުބަލައި) އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ ބޭފުޅެއްގެ މުސާރައާއި އެކަމަޑޭޝަން އަދި ދަތުރު ޚަރަދު.
  2. ޙިފްޡުކޮށް (މުޞްޙަފްއެކީގައި ނުބަލައި) އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ ބޭފުޅެއްގެ ނަމާއި އެޑްރެސް އަދި އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީ.
  3. ޙިފްޡުކޮށް (މުޞްޙަފްއެކީގައި ނުބަލައި) އިމާމުވެ ތަރާވީޙުނަމާދު ކުރެވޭނެ ފަރާތެއްކަން ބަޔާންކޮށްދޭ ކިޔަވައިދޭ މަރުކަޒަކުން ދީފައިވާ ލިޔުމެއް.
  4. ޙާފިޡުކަމުގެ ސެޓުފިކެޓުގެ ކޮޕީއެއް.
  5. ރާއްޖޭގައި އުޅޭ ބިދޭސީއެއްނަމަ އެމީހެއްގެ ވާރކްވިސާގެ ކޮޕީ އަދި ޙާފިޡުކަމުގެ ސެޓުފިކެޓުގެ ކޮޕީ.
  6. ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކުރެވޭނެ ދިވެހި ޙާފިޡުންނަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 6840006 ނުވަތަ 9140006 އާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

26 ޖުމާދަލްއޫލާ 1436

17 މާރިޗު 2015