ދިވެހިރާއްޖެ
ސްޓޭޓްޓްރޭޑިންގއޯގަނައިޒޭޝަންޕަބްލިކްލިމިޓެޑްކުންފުނީގެޑިރެކްޓަރުންގެބޯޑަށްބަދަލުއައުން.
6 ޑިސެމްބަރ 2023 ވަނަ ދުވަހު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެންނަވާފައެވެ.
އެގޮތުގެމަތީން، މިއަދުން ފެށިގެން ކުންފުނީގެ ޗެއަރމަންގެ މަޤާމުގައި ހުންނެވި އަލްފާޟިލް ޙާމިދު ނަޝީދު މުޙައްމަދު / މއ. ޗަނބޭލީމާގެ، އެ މަޤާމުން ވަކިކޮށް، އަލްފާޟިލް އާމިރު މަންސޫރު / މއ. މަނަސް، ކުންފުނީގެ ޗެއަރމަންގެ މަޤާމަށް ޢައްޔަންކުރައްވާފައިވާކަމަށް ވަނީ އަންގަވާފައެވެ.
މީގެ އިތުރުން، ކުންފުނީގެ ބޯޑު ޑިރެކްޓަރކަމުގެ މަޤާމަށް އަލްފާޟިލް މުޙައްމަދު މުރާދު / މއ. ދަނޑިކޮށީއިރުމަތީގެ، ޢައްޔަންކުރައްވާފައިވާކަމަށްވެސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ އަންގަވާފައެވެ.
ވީމާ، މިކަން ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.