ދެންނެވުން
ނަންބަރު: 60-ADM/2023/345
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 06 ޖަނަވަރީ 2024 23:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު އައުން.

ސްޓޭޓްޓްރޭޑިންގއޯގަނައިޒޭޝަންޕަބްލިކްލިމިޓެޑްކުންފުނީގެޑިރެކްޓަރުންގެބޯޑަށްބަދަލުއައުން.

6 ޑިސެމްބަރ 2023 ވަނަ ދުވަހު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެންނަވާފައެވެ.

އެގޮތުގެމަތީން، މިއަދުން ފެށިގެން ކުންފުނީގެ ޗެއަރމަންގެ މަޤާމުގައި ހުންނެވި އަލްފާޟިލް ޙާމިދު ނަޝީދު މުޙައްމަދު / މއ. ޗަނބޭލީމާގެ، އެ މަޤާމުން ވަކިކޮށް، އަލްފާޟިލް އާމިރު މަންސޫރު / މއ. މަނަސް، ކުންފުނީގެ ޗެއަރމަންގެ މަޤާމަށް ޢައްޔަންކުރައްވާފައިވާކަމަށް ވަނީ އަންގަވާފައެވެ.

މީގެ އިތުރުން، ކުންފުނީގެ ބޯޑު ޑިރެކްޓަރކަމުގެ މަޤާމަށް އަލްފާޟިލް މުޙައްމަދު މުރާދު / މއ. ދަނޑިކޮށީއިރުމަތީގެ، ޢައްޔަންކުރައްވާފައިވާކަމަށްވެސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ އަންގަވާފައެވެ.

ވީމާ، މިކަން ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

06 ޑިސެންބަރު 2023