ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ކެނދިކޮޅު އަވަށުން ދަނޑުވެރިކަމަށް ޚާއްޞަކޮށް ކުރު މުއްދަތަށް ދަނޑުބިން ދޫކުރުމަށް ހުޅުވާލަމެވެ.
ބިން އޮތް ސަރަހައްދާއި ބޮޑުމިން: ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ކެނދިކޮޅު އަވަށު އައު އިންޖީންގޭގެ ހުޅަނގުން އޮތް ސަރަހައްދުންނެވެ. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިން ނަންބަރ: AG06 ން AG10 އަށް ޗާޓުގައި ފާހަގަ ކުރެވިފައިވާ ބިންތަކެވެ. ސަރަހައްދު އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓް ކުރެވިފައި ވާނެއެވެ.
ބިމުގެ އަދަދު: 05 ބިން (AG06, AG07, AG08, AG09 & AG10)
ބިމުގެ ސައިޒް: 60 ފޫޓު ދިގު 47 ފޫޓު 6 އިންޗި ފުޅާ (ޖުމްލަ 2850 އަކަފޫޓު)
މިބިންތައް ކުއްޔަށް ނެގުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 5 (ފަސް) ލާރިއެވެ. ބިމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރެވޭނެއެވެ.
ވުމާއެކު ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޑިސެންބަރު 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލަށް ސިޓީ ހުށައެޅުމަށް ދަންނަވަމެވެ. ސިޓީއާއެކު ބިންހޯދުމަށް އެދޭ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށަހަޅަން ވާނެއެވެ. މިއިޢުލާނާއެކު ކެނދިކޮޅު އަވަށުން ކުރުމުއްދަތަށް ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް އޮތް ސަރަހައްދު އަންގައިދޭ ޗާޓު އެއްކަރުދާސްކުރަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
21 ޖުމާދަލްޢޫލާ 1445
05 ޑިސެންބަރު 2023