ކުއްޔަށް ދިނުން
ނަންބަރު: (IUL)286-MP/286/2023/129
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 18:33
ސުންގަޑި: 17 ޑިސެންބަރު 2023 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ، ކެނދިކޮޅު އަވަށުން ކުރުމުއްދަތަށް ދަނޑުބިން ދޫކުރުމާގުޅޭ

ނ. ކެނދިކުޅުދޫ ކެނދިކޮޅު އަވަށުން ދަނޑުވެރިކަމަށް ޚާއްޞަކޮށް ކުރު މުއްދަތަށް ދަނޑުބިން ދޫކުރުމަށް ހުޅުވާލަމެވެ.

ބިން އޮތް ސަރަހައްދާއި ބޮޑުމިން:  ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ކެނދިކޮޅު އަވަށު އައު އިންޖީންގޭގެ ހުޅަނގުން އޮތް ސަރަހައްދުންނެވެ. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިން ނަންބަރ: AG06 ން AG10 އަށް ޗާޓުގައި ފާހަގަ ކުރެވިފައިވާ ބިންތަކެވެ. ސަރަހައްދު އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓް ކުރެވިފައި ވާނެއެވެ.

ބިމުގެ އަދަދު: 05 ބިން (AG06, AG07, AG08, AG09 & AG10)

ބިމުގެ ސައިޒް: 60 ފޫޓު ދިގު 47 ފޫޓު 6 އިންޗި ފުޅާ (ޖުމްލަ 2850 އަކަފޫޓު)

މިބިންތައް ކުއްޔަށް ނެގުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 5 (ފަސް) ލާރިއެވެ. ބިމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރެވޭނެއެވެ.

ވުމާއެކު ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޑިސެންބަރު 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލަށް ސިޓީ ހުށައެޅުމަށް ދަންނަވަމެވެ. ސިޓީއާއެކު ބިންހޯދުމަށް އެދޭ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށަހަޅަން ވާނެއެވެ. މިއިޢުލާނާއެކު ކެނދިކޮޅު އަވަށުން ކުރުމުއްދަތަށް ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް އޮތް ސަރަހައްދު އަންގައިދޭ ޗާޓު އެއްކަރުދާސްކުރަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

21  ޖުމާދަލްޢޫލާ   1445

05  ޑިސެންބަރު   2023

05 ޑިސެންބަރު 2023