ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން، ހދ އަތޮޅަށް ހުޅުވާލެވިގެން ކުރިޔަށްގެންދެވޭ ބަށި މުބާރާތް "ހދ.އަތޮޅު ލީގް – ބަށި މުބާރާތް 2023" ކުޅުދުއްފުށި ސިޓީގައި 15، 16، 17 ޑިސެންބަރ 2023 ގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 05 ޑިސެންބަރު 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވުމަށް ކުރިން ރެޖިސްޓްރީ ވެފައިވާ ފަރާތްތަށް އަލުން ރެޖިސްޓަރ ވާން ނުޖެހޭނެ ވާހަކަ ދަންނަވާލަމެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް، ލިންކު https://forms.gle/qwvQ6KWhf36VR6N58 މެދުވެރިކޮށް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ޓީމް ލިސްޓް، 07 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ޓީމް ލިސްޓް މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔާ ، އެންމެ މޮޅު ހިފުންތެރިޔާ އަދި މުޅި މުބާރާތުގެ ބަށި ރާނީ އަށް ވެސް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުޅި މުބާރާތުގެ ބަށި ރާނީ - -/3000 (ތިން ހާސް ރުފިޔާ)
އެންމެ މޮޅު ހިފުންތެރިޔާ - -/1500 (ފަނަރަ ސަތޭކަ ރުފިޔާ)
އެންމެ މޮޅު ޖެހުންތެރިޔާ - -/1500 (ފަނަރަ ސަތޭކަ ރުފިޔާ)
މުބާރާތުގެ ޤަވާއިދު މިއިދާރާގެ ވެބްސައިޓްwww.kulhudhuffushicity.gov.mv އިން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގެ ޤަވާއިދު މި އިއުލާންއާއެކު ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527131 ނުވަތަ 6527195 އަށެވެ.