ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-SECE/266/2023/265
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:54
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ އަތޮޅު ލީގް – ބަށި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލުން

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން، ހދ އަތޮޅަށް ހުޅުވާލެވިގެން ކުރިޔަށްގެންދެވޭ ބަށި މުބާރާތް "ހދ.އަތޮޅު ލީގް – ބަށި މުބާރާތް 2023" ކުޅުދުއްފުށި ސިޓީގައި 15، 16، 17 ޑިސެންބަރ 2023 ގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 05 ޑިސެންބަރު 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވުމަށް ކުރިން ރެޖިސްޓްރީ ވެފައިވާ ފަރާތްތަށް އަލުން ރެޖިސްޓަރ ވާން ނުޖެހޭނެ ވާހަކަ ދަންނަވާލަމެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް، ލިންކު https://forms.gle/qwvQ6KWhf36VR6N58 މެދުވެރިކޮށް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ޓީމް ލިސްޓް، 07 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ޓީމް ލިސްޓް މިއިދާރާގެ އީމެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔާ ، އެންމެ މޮޅު ހިފުންތެރިޔާ އަދި މުޅި މުބާރާތުގެ ބަށި ރާނީ އަށް ވެސް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުޅި މުބާރާތުގެ ބަށި ރާނީ - -/3000 (ތިން ހާސް ރުފިޔާ)

  އެންމެ މޮޅު ހިފުންތެރިޔާ - -/1500 (ފަނަރަ ސަތޭކަ ރުފިޔާ)

އެންމެ މޮޅު ޖެހުންތެރިޔާ - -/1500 (ފަނަރަ ސަތޭކަ ރުފިޔާ)

މުބާރާތުގެ ޤަވާއިދު މިއިދާރާގެ ވެބްސައިޓްwww.kulhudhuffushicity.gov.mv  އިން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގެ ޤަވާއިދު މި އިއުލާންއާއެކު ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527131 ނުވަތަ 6527195 އަށެވެ.

30 ނޮވެންބަރު 2023