ދިވެހިރާއްޖެ
އިޢުލާން
ހޯރަފުށީ ކައުންސިލުގެ އާ ވެބްސައިޓްއާ ގުޅުވައިލެވިގެން ރައްޔިތުންނަށް އޮންލައިކޮށް ޚިދުމަތް ދިނުމަށް ސަރވިސް ޕޯޓަލެއް ހަދައިދޭނެ ފަރާތެއް ހޯދުމަށްކުރި މިކައުންސިލުގެ ނަންބަރު (IUL)247-CA/247/2023/132 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވި އެއްވެސް ފަރާތެއް ޓެކްނިކަލް އިވެކުއޭޝަނުން ފާސްވެފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް ކައުންސިލް އިދާރާއަށް ބޭނުންވާ ސާވިސް ޕޯޓަލް ހަދައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢްލާންކުރީމެވެ.
ވީމާ، މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ސަރވިސް ޕޯޓަލް ހަދައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބިޑް ރަޖިސްޓްރީ ކުރައްވާ، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ ބިޑްގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްގައި ރެޖިސްޓްރީވެލެއްވުމަށް އިޢުލާންގެ ނަންބަރު، ރަޖިސްޓްރީ ކޮށްފައިވާ ނަން، ރަޖިސްޓްރީ ނަންބަރު، މަސްޢޫލްވެރިވާ ފަރާތުގެ ނަން، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ލިޔުއްވާ [email protected] އަށް ދީފައިވާ ސުންގަޑީގެ ކުރިން މެއިލް ކުރެއްވުން އެދެމެވެ. ބިޑްގައި ރަޖިސްޓްރީ ވެލައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓްތައް އީމެއިލް ކުރެވޭނެއެވެ.
ޙަރަކާތް |
ސުންގަޑި |
||
ބިޑް ރަޖިސްޓްރީކުރުން |
30 ނޮވެންބަރު 2023 |
ބުރާސްފަތި |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
05 ޑިސެންބަރު 2023 |
އަންގާރަ |
13:00 |
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
13 ޖުމާދުލްއައްވަލް 1445