ބީލަން
ނަންބަރު: (IUL)247-CA/247/2023/138
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 21:44
ސުންގަޑި: 30 ނޮވެންބަރު 2023 13:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރވިސް ޕޯޓަލްއެއް ހަދައިދޭނެ ފަރާތެއް ހޯދުމާ ބެހޭ

                                 އިޢުލާން

       ހޯރަފުށީ ކައުންސިލުގެ އާ ވެބްސައިޓްއާ ގުޅުވައިލެވިގެން ރައްޔިތުންނަށް އޮންލައިކޮށް ޚިދުމަތް ދިނުމަށް ސަރވިސް ޕޯޓަލެއް ހަދައިދޭނެ ފަރާތެއް ހޯދުމަށްކުރި މިކައުންސިލުގެ ނަންބަރު (IUL)247-CA/247/2023/132 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވި އެއްވެސް ފަރާތެއް ޓެކްނިކަލް އިވެކުއޭޝަނުން ފާސްވެފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް ކައުންސިލް އިދާރާއަށް ބޭނުންވާ ސާވިސް ޕޯޓަލް ހަދައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢްލާންކުރީމެވެ.

       ވީމާ، މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ސަރވިސް ޕޯޓަލް ހަދައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބިޑް ރަޖިސްޓްރީ ކުރައްވާ، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ ބިޑްގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްގައި ރެޖިސްޓްރީވެލެއްވުމަށް އިޢުލާންގެ ނަންބަރު، ރަޖިސްޓްރީ ކޮށްފައިވާ ނަން، ރަޖިސްޓްރީ ނަންބަރު، މަސްޢޫލްވެރިވާ ފަރާތުގެ ނަން، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ލިޔުއްވާ [email protected] އަށް ދީފައިވާ ސުންގަޑީގެ ކުރިން މެއިލް ކުރެއްވުން އެދެމެވެ. ބިޑްގައި ރަޖިސްޓްރީ ވެލައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓްތައް އީމެއިލް ކުރެވޭނެއެވެ.

ޙަރަކާތް

ސުންގަޑި

 ބިޑް ރަޖިސްޓްރީކުރުން

30 ނޮވެންބަރު 2023

ބުރާސްފަތި

13:00

 އަންދާސީ ހިސާބު ހުށަހެޅުން

05 ޑިސެންބަރު 2023

އަންގާރަ

13:00

     
       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500012 / 6500026 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

        މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

             13 ޖުމާދުލްއައްވަލް  1445

 

27 ނޮވެންބަރު 2023