ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ކެނދިކުޅުދޫގައި ޤާއިމްކުރުމަށް ނިންމާފައިވާ ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖުގެ ބިމުގައި ހުރި ރުއްގަސްތައް ނެގުމަށް ކުރިންކުރެވުނު އިޢުލާނާއި ގުޅިގެން އެކަށިގެންވާ ތަރުހީބެއްލިބިފައިނުވާތީ އެއިޢުލާން ބާތިލްކޮށް އެބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ރުއްގަހާއި ބިމުގެ ތަފްޞީލު
މިސަރަހައްދަކީ، ނ. ކެނދިކުޅުދޫ، ކެނދިކޮޅު އަވަށުގެ ދެކުނުން އައްސޭރި ހިނގުމުން ފެށިގެން ދެކުނަށް 430 ފޫޓު، ދަވަދައިތަ ކަހާ މަގުން ފެށިގެން ހުޅަނގަށް 200 ފޫޓު، ޖުމްލަ 86,000 އަކަފޫޓުގެ ތެރޭގައި ހިމެނޭ އެންމެހާ ރުއްގަސް، މިއެވެ. ނ. ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖުގެ ބިން ހިމެނޭ ސަރަހައްދު އަންގައިދޭ ޗާޓާއި، މި ސަރަހައްދުގައި ހިމެނޭ ރުއްގަހުގެ ތަފްޞީލު ލިސްޓާއި އީ.އައި.އޭ މިއިޢުލާނާއިއެކު ޝާއިޢުކުރެވިފައިވާނެއެވެ.
ވީމާ މިދެންނެވި ސަރަޙައްދުގައި ހުރި އެންމެހާ ރުއްގަސް ނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 05 ޑިސެންބަރު 2023 ވާ އަންގާރަ ދުވަހުގެ 13:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން |
|
ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން |
|
ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން |
|
މާކްސް ދިނުން |
މަސައްކަތުގެ ކޮށްދިނުމަށް ހުށަހަޅާ އަގަށް %60 (ފަސްދޮޅަސް އިންސައްތަ) ޕްރޮޕޯޒަލްއިވެލުއޭޓްކުރުމުގައިބެލޭނެކަންކަމާއިޕޮއިންޓްދެވޭނެގޮތް 40% (ސާޅީސް އިންސައްތަ ބެހިފައިވާ ގޮތް)
|
އިތުރު މަޢުލޫމާތު: |
- ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ - ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ، - ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި) - އީމެއިލް: [email protected] |
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
12 ޖުމާދަލްޢޫލާ 1445
26 ނޮވެންބަރު 2023