ބީލަން
ނަންބަރު: (IUL)286-CB/286/2023/123
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:24
ސުންގަޑި: 05 ޑިސެންބަރު 2023 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖު ޕްރޮޖެކްޓްގެ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުން

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ކެނދިކުޅުދޫގައި ޤާއިމްކުރުމަށް ނިންމާފައިވާ ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖުގެ ބިމުގައި ހުރި ރުއްގަސްތައް ނެގުމަށް ކުރިންކުރެވުނު އިޢުލާނާއި ގުޅިގެން އެކަށިގެންވާ ތަރުހީބެއްލިބިފައިނުވާތީ އެއިޢުލާން ބާތިލްކޮށް އެބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ރުއްގަހާއި ބިމުގެ ތަފްޞީލު

މިސަރަހައްދަކީ، ނ. ކެނދިކުޅުދޫ، ކެނދިކޮޅު އަވަށުގެ ދެކުނުން އައްސޭރި ހިނގުމުން ފެށިގެން ދެކުނަށް 430 ފޫޓު، ދަވަދައިތަ ކަހާ މަގުން ފެށިގެން ހުޅަނގަށް 200 ފޫޓު، ޖުމްލަ 86,000 އަކަފޫޓުގެ ތެރޭގައި ހިމެނޭ އެންމެހާ ރުއްގަސް، މިއެވެ.  ނ. ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖުގެ ބިން ހިމެނޭ ސަރަހައްދު އަންގައިދޭ ޗާޓާއި، މި ސަރަހައްދުގައި ހިމެނޭ ރުއްގަހުގެ ތަފްޞީލު ލިސްޓާއި އީ.އައި.އޭ މިއިޢުލާނާއިއެކު ޝާއިޢުކުރެވިފައިވާނެއެވެ.

ވީމާ މިދެންނެވި ސަރަޙައްދުގައި ހުރި އެންމެހާ ރުއްގަސް ނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 05 ޑިސެންބަރު 2023 ވާ އަންގާރަ ދުވަހުގެ 13:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން

  • ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން،  29 ނޮވެންބަރު 2023 ވާ ބުދަ ދުވަހު  14:00 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ފޯމް ފުރިހަމަ ކުރަންވާނެއެވެ.  ބިޑުގައި ރަޖިސްޓަރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ.
  • https://forms.office.com/r/d1PdN4QTTt

 

ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 03 ޑިސެންބަރު 2023 ވާ އާދީއްތަ ދުވަހުގެ 11:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ·         ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
  • ރަޖީސްޓްރީވުމަށްފަހު، މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު)  އިނގޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 05 ޑިސެންބަރު 2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. މިގޮތުން ފޮނުވާ އީމެއިލް ތަކުގެ ސަބްޖެކްޓްގައި އިޢުލާނު ނަންބަރު ޖެހިފައި ހުންނަށްވާނެއެވެ. މެއިލް ކުރަށްވާނީ [email protected] އަށެވެ.
  • ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.

މާކްސް ދިނުން

މަސައްކަތުގެ ކޮށްދިނުމަށް ހުށަހަޅާ އަގަށް %60 (ފަސްދޮޅަސް އިންސައްތަ)

ޕްރޮޕޯޒަލްއިވެލުއޭޓްކުރުމުގައިބެލޭނެކަންކަމާއިޕޮއިންޓްދެވޭނެގޮތް 40% (ސާޅީސް އިންސައްތަ ބެހިފައިވާ ގޮތް)

  • މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތަށް %30 (ތިރީސް އިންސައްތަ)
  • މަސައްކަތާއި ގުޅުންހުރި ދާއިރާގެ ތަޖުރިބާއަށް (ދިހަ އިންސައްތަ)

އިތުރު މަޢުލޫމާތު:

  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

-          ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

-          ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

-          ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)

-          އީމެއިލް: [email protected]

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12  ޖުމާދަލްޢޫލާ  1445

26  ނޮވެންބަރު  2023

26 ނޮވެންބަރު 2023